11 މީހަކު ޝަރީއަތް ނިމެންދެއް ބަންދުކޮށްފައިވާއިރު، ދެމީހަކު ފަސް ދުވަހަށް ބަންދުގައި ބެއިތިއްބުމަށް ކޯޓުން އަމުރުކުރި އެވެ.
މާފުށީ ޖަލުގައި ތިބި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ހޯދައިދީ، ނަހަމަ ގޮތުގައި އެތައް ފައިސާއެއް ހޯދި މައްސަލާގައި ހައްޔަރުކުރި ކަރެކްޝަނުގެ 13 އޮފިސަރުންގެ ތެރެއިން 11 މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 11 މުވައްޒަފަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދެ މުވައްޒަފެއްގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަދިވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުންނާއި ހޯމް މިނިސްޓްރީން ވަނީ މިކަން ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު ޝަރީފް ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގައި ކަރެކްޝަންގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. އެ އޮފިސަރުންގެ އެކައުންޓަށް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އެއިން ވަރަށް ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުންނެވެ. ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމުގެ އޮޕަރޭޝަން މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެ މައްސަލާގައި މިހާރުވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ދެންމެ ބުނީ މިހާތަނަށް 13 އޮފިސަރަކު ހައްޔަރު ކޮށްފައިވާ ކަމަަށެވެ. އޭގެ ތެރެއިން؛
އޭސީޕީ ޝަރީފު ވިދާޅުވި ގޮތުގައި ކަރެކްޝަންސްގެ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލުގައި ކުރިން ނުވަތަ މިހާރުވެސް ތިބި ގައިދީންގެ އަމިއްލަ އެކައުންޓުތަކުންނާއި، މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބައެއް މީހުންގެ އެކައުންޓުތަކުން ކަމަށެވެ.