މޫނުމަތިން ކަޅުލައް ފެންނަ ނަމަ ސަމާލުވާތި

މޫނުމަތިން ފެންނަ ބައެއް ނިޝާންތަކަކީ މީހާގެ ހަށިގަނޑު ތެރޭގައި ހުރި ސިއްހީ މައްސަލައެއްގެ ސަބަބުން ފެންނަ ނިޝާންތަކެއް ކަމަށް ވެދާނެ އެވެ.

މޫނު މަތިން ފެންނަ ބައެއް އަލާމާތްތައް ނުވަތަ ނިޝާން ތަކަކީ ސިއްހީ މައްސަލައެއްގެ އަލާމާތް ތަކަށް ވެސް ވެދާނެ އެވެ. އެގޮތުން މޫނުގައި ހުންނަ ކުލަ، މޫނުގެ ހަމުގައި ހުންނަ ރުލާއި ލައްވެސް ހިމެނެ އެވެ.

އިލަމެޑްގެ ފައުންޑާ ޑައިރެކްޓަރު ޑރ. އަޖޭ ރަނާ، ޑަމަޓޮލޮޖިސްޓް އަދި އެސްތެޓިކް ފިޒިޝަން ވިދާޅުވާ ގޮތުން މޫނުމަތިން ފެންނަ ބައެއް ނިޝާންތަކަކީ މީހާގެ ހަށިގަނޑު ތެރޭގައި ހުރި ސިއްހީ މައްސަލައެއްގެ ސަބަބުން ފެންނަ ނިޝާންތަކެއް ކަމަށް ވެދާނެ އެވެ. އާއްމުކޮށް މީހާގެ މޫނުމަތިން ފެންނަ ފެނުމަށްވުރެ ތަފާތު ގޮތަކަށް ނުވަތަ ކަންތައް ތަކެއް ފެންނަ ނަމަ އެކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަކުގައި އަޖޭ ރަނާ ވިދާޅުވެއެވެ.

ފެންނަ ބައެއް އަލާމާތްތަކާއި ގުޅުންހުރި ބައެއް ސަބަބު

މޫނު ނުވަތަ ލޯ ރީނދޫވުން – މިގޮތަށް މޫނުމަތިން ރީނދޫކުލަ ފާހަގަ ވާނަމަ ލިވާގެ މައްސަލައެއް އުޅެނީ ކަމަށް ވެދާނެ އެވެ.
މޫނުން ދުޅަވެފައި ހުރުން – މޫނު ދުޅަވެފައި ހުންނަ ނަމަ އެއީ ކީޑްނީގެ، ހިތުގެ ނުވަތަ ތައިރޮއިޑް މައްސަލައެއްގެ އަލާމާތަކަށް ވެދާނެކަމަށް ސިއްހީ މާހިރުން ބުނެއެވެ. 

މޫނުގައި ތަންތަން ކަޅުވެފައި ހުރުން – މޫނުގައި ކަޅު ތަންތަން ހުންނަ ނަމަ އެއީ މީހާގެ ވަރުބަލިކަމުން ނުވަތަ އެލާޖީއެއްގެ ސަބަބުން ފެންނަ އަލާމާތަކަށް ވެދާނެ އެވެ. އަދި ބައެއް ފަހަރު އެނީމިއާގެ ސަބަބުން ވެސް މޫނުގައި ޑާކް ސާކަލް ހުރެއެވެ.
މޫނުގައި ބިހި ނެގުމާއި ތެޔޮވެފައި ހުރުން – މޫނުގައި ބިހިނެގުމާއި މޫނު ތެޔޮވުމަކީ ހޯމޯން އިންބެލެންސް ނުވަތަ ޕީސީއޯއެސް ގެ ސަބަބުން ދިމާވާ މައްސަލައަކަށް ވެސް ވެދާނެއެވެ.
މޫނުގެ ހަންގަނޑު ހިކިފައި ހުރުން – މޫނުގެ ހަންގަނޑު ފެންދެމި ހިކިފައި ހުންނަ ގޮތަށް ހުންނަ ނަމަ އެއީ ތައިރޮޑް މައްސަލައެއް ކަމަށް ވެސް ވެދާނެއެވެ. ގިނަފަހަރު ހަންގަނޑު ކުރަކިވެ ހިކިފައި ހުންނަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭތީއެވެ.

އިންޑިއާގެ ކިއުއާސްކިންގެ ހެޑް އޮފް ޑާމަޓޮލޮޖީ ޑރ. ޗަރޫ ޝަރުމާ ވިދާޅުވީ މި ޒަމާނުގައި އާ ޓެކޮނޯލޮޖީގެ ވަސީލަތްތަކުން އިންސާނުންގެ ހަށިގަނޑުން ބަލި ދެނެގަތުމަށް މޫނު މަތިން ފެންނަ ނިޝާންތައް ބަލާ އެނަލައިސް ކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިސާލަކަށް މިހާރު އާޓިފިޝަލް އިންޓެލިޖެންސް އަށް އިންސާނާގެ މޫނުގެ ޓެކްސްޗާ އާއި ކުލަ އަދި ލޮލަށް ބަލައިގެން ބަލިތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވެ އެވެ. މިފަދަ ފަސޭހަ ތަކުގެ ސަބަބުން ބަލީގެ ކުރީކޮޅު ބަލިތައް ދެނެގަނެ އަވަހަށް ފަރުވާ ކުރުމަށް މަގުފަހި ވެއެވެ.

ގިނަ ފަހަރު މޫނު މައްޗަށް އަންނަ ބަދަލުތަކަކީ މިފަދަ ސިއްހީ މައްސަލައެއް ނުވަތަ ގެން ގުޅޭ އާދަތަކުގެ ސަބަބުން އަންނަ ބަދަލުތަކެކެވެ. އެގޮތުން ކެއުން ބައްޓަން ކުރާގޮތުން އަދި ކަސްރަތު ކުރުން ނުވަތަ މީހާގެ ނިދުމުގެ އާދަތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައި ހުރެ އެވެ. އެގޮތުން ކެއުމުގައި ފައިދާހުރި ކާނާ ނުހިމެނޭނަމަ ހަންގަނޑަށް ބޭނުންވާ ވިޓަމިން އާއި މިނަރަލް ނުލިބި ހަންގަނޑު ހަޑިވެއެވެ. ހަމަ އެގޮތަށް ރަނގަޅު ކާނާ ކާނަމަ އެ ތަފާތު މޫނުމަތިން ފެނެއެވެ.

ގަވައިދުން ކަސްރަތު ކުރުމުން ލޭ ދައުރުވުން ރަނގަޅުވެ، ހަންގަނޑަށް އާ ރޯކަން ލިބި މޫނުމަތި އުޖާލާ ވެއެވެ. ކަސްރަތު ނުކުރާނަމަ ލޭގެ ސާކިއުލޭޝަން ދައްވެ މޫނުގެ ހަންގަނޑަށް އަސަރު ކުރެއެވެ.

ނިންޖަކީވެސް އެގޮތުން ވަރަށް މުހިއްމު ރޯލެއް އަދާކުރާ ކަމެކެވެ. މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހަމަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމަނިދި ނުލިބޭނަމަ މޫނު ދުޅަވެ، ޑާކް ސާކަލް އިތުރުވެ މޫނުގެ އުޖާލާކަން ގެއްލެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.