ޣައްޒާގެ ޝުޖާޔާއިން 60000 މީހުން ވަޒަން ދޫކޮށް ދާންޖެހިއްޖެ

އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ގެތަކަށް ރޭގަނޑު ދިން ހަމަލާތަކުގައި ހަތަރު ކުޑަކުދިންނާއެކު ހަ މީހަކު ޝަހީދުވެ 15 މީހުން ޒަޚަމްވެފައި ވެއެވެ.

ޔަހޫދީންގެ ސިފައިން ފަަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަނީ: މިހާތަނަށް 37،765 މީހުން ވަނީ ޝަހީދުވެފައި

އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވި ގޮތުގައި ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށަށް އިސްރާއީލުން ދިން ޙަމަލާގެ ސަބަބުން މަދުވެގެން 60000 މީހުން ގެދޮރު ގެއްލުވާލާފައިވެ އެވެ. ޣައްޒާގެ ދެކުނުގެ އަލްމަވާސީ ސަރަޙައްދުގައި އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން 5000 މީހުން ގެދޮރު ގެއްލި އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ. 

އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ގެތަކަށް ރޭގަނޑު ދިން ހަމަލާތަކުގައި ހަތަރު ކުޑަކުދިންނާއެކު ހަ މީހަކު ޝަހީދުވެ 15 މީހުން ޒަޚަމްވެފައި ވެއެވެ. ފަލަސްތީނުގެ ވަފާ ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޣައްޒާގެ މެދުތެރޭގެ މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ވެސް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ޝުޖާޔާ އަވަށުގައި އިސްރާއީލު ސިފައިންގެ ހަތަރު މީހަކު މަރާލާފައިވާ ކަމަށާއި އަދި ފަސް ހަނގުރާމަވެރިޔަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަމާސް އިން ބުނީ އެ ސަރަހައްދުގައި އިސްރާއީލު ސިފައިންނާއި ކުރިމަތިލުންތަކެއް ހިނގަމުން ދާ ކަމަށެވެ.

އދ. އިން ބުނީ ފަލަސްތީނު ރެފިއުޖީންނާއި ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ ބޮން އަޅާފައިވާ އިމާރާތްތަކާއި، ސުންނާފަތިވެފައިވާ ސަރަހައްދު ތަކުގެ ކައިރީގައި ހުންނަ ޓެންޓް ކޭމްޕްތަކުގައި ކަމަށާއި، ބަނޑުހައިހޫނުކަން އިތުރުވެ، ބަލިތައް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 37،765 މީހުން ޝަހީދުވެ، 86،429 މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަމާސް ޖަމާއަތުން އިސްރާއީލުގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާއިރު، ޣައްޒާގައި އަދިވެސް ބަޔަކު ބަންދުކޮށްފައި އެބަތިއްބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.