ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވާ، ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަމީލު ހުރި ގޮޅީގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އޭނާ އެންމެ ފަހުން ހުރީ ނަމާދު ކުރާށެވެ. އަދި ނިޔާވީ ސަޖިދާ ގައި އޮއްވާ ކަމަށެވެ.

ޖަލުގައި ނިޔާވި ޖަމީލް: ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިއަދު ނިޔާވި މީހާގެ މައްސަލަ ފުލުހުންގެ ތަހުގީގު ކުރަމުންދާއިރު ތަހުގީގަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގައި ނިޔާވެފައި ވަނީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް (45އ) އެވެ.

ކަރެކްޝަނުން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށާ އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި 12:45 ގައި ޑޮކްޓަރު ވަނީ ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައި ކަމަށެވެ.

ޖަމީލްކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ބުންޏެވެ.

އެ މީހާއަށް އަނިޔާކޮށް މަރާލީ ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. އާއިލާ އިން ތުުހުމަތު ކުރާ ގޮތުގައި ޖަމީލަށް އަނިޔާކުރި މަންޒަރު އެތައް ބަޔަކަށް ވަނީ ފެނިފަ އެވެ. އަދި އަނިޔާ ކުރުމަށް ފަހު ފަރުވާ ނުދީ ވަނީ ބާއްވާފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ގޮޅީގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި ޖަމީލް އެންމެ ފަހުން ހުރީ ނަމާދު ކުރަން ކަމަށެވެ. އަދި ނިޔާވީ ސަޖިދާ ގައި އޮއްވާ ކަމަށެވެ. ޖަލުގައި މީހަކު މަރުވެއްޖެނަމަ އުސޫލަކީ ތަހުގީގު ކުރުން ކަމަށާ އެކަން ކުރިއަށްދާ ކަމަށެވެ. އެޗްއާރުސީއެމުން ވެސް އެކަން ބަލާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތަހުގީގަށް ޖަމީލްގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވަން ވަނީ ނިންމާފަ އެވެ. އެކަން ކުރަނީ އާއިލާގެ ހުއްދައާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

ފުރަތަމަ އޮތީ ޖަމީލުގެ ކަށުނަމާދު މިރޭ 12 ޖަހާއިރު ކުރާ ގޮތަށެވެ. ފަހުން މިރޭ ފަތިސް ނަމާދަށް ބަދަލުކުރި އެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހަދާނަމަ ޖަމީލުގެ ހަށިގަނޑު ޖެހޭނީ އިންޑިއާއަށް ފޮނުވާށެވެ. އެކަމަށް ދުވަސްތަކެއް ހޭދަވާނެ އެވެ.

ޖަމީލް، ހިނަވާފައި އޮއްވާ ނަގާފައިވާ ފޮޓޯއެއްވެސް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯގައި މޫނު މަތީގައި ބައެއް ޒަހަމުތައް ހުއްޓާ ފެނެ އެވެ. އެއީ ޖަލުން ލިބުނު އަނިޔާ ކަމަށް ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.