ފުވައްމުލަކު ޑްރަގް އޮޕަރޭޝަންގައި 14 މީހަކު ހައްޔަރު ކޮަށްފި

މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހިންގި ޑްރަގް އަތުލައިގަތުމުގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީ އަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކަލް" ގެ ނަމުގައި ހިންގާ އޮޕަރޭޝަނެއް ގައި މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފި އެވެ.

މެއި ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދެ އެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުން ކަމަަށް ވެސް ބުންޏެވެ.

އޭގެ އިތުރުން މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުވައްމުލައް ސިޓީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަ ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.