ފުލުހުން ތަހުގީގު ކުރަނީ ރައީސަށާއި އާއިލާއަށް ސިހުރު ހެދިކަމަށް ތުހުމަތުވާ މައްސަލައެއް

އެެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ފަދައިން ހައްޔަރުކުރި މީހުންނަށް ތުހުމަތުވަނީ ރައީސަށާއި އާއިލާއަށް ސިހުރު ހެދި ކަމަށް ކަމުގައެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް

ފުލުހުން ބަލަމުންދާ ސިހުރު ހެދުމުގެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ސިހުރު ހެދުމުގެ މައްސަލައެއް ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުންވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެކަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޝަމްނާޒު އަލީ ސަލީމެވެ. އޭނާ އެ މަގާމުގައި ހުންނަވަނިކޮށް މުލިއާގެއިން މިނިސްޓްރީ އޮފް އެންވަޔަރަމެންޓަށް ބަދަލުކޮށްފައިވެ އެވެ. 

ޝަމްނާޒު މުލިއާގޭ ވަޒީފާއިން އެންވަޔަރަމެންޓު މިނިސްޓްރީއަށް ބަދަލުކުރި ދުވަސްވަރު އޭނާ ބަދަލުކުރި ސަބަބަކީ ގަނޑުވަރުގެ ސިއްރުތައް ހާމަކުރުން ކަމަށް މީސްމީޑިއާގައި ތުހުމަތު ކުރެވިފައިވެ އެވެ. 

ޝަމްނާޒު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުންވަނީ އަމުރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރި ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އޭނާ މަގާމުން ސަސްޕެންޑުކޮށްފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް އޭނާ ސަސްޕެންޑު ކުރި ސަބަބެއް ރައީސް އޮފީހުން ހާމަނުކުރެ އެވެ.  

ޝަމްނާޒު ހައްޔަރުކުރިކަން ފުލުހުން ހާމަކުރި ނަމަވެސް އޭނާ ހައްޔަރުކުރީ ކާކަށް ސިހުރު ހަދައިގެންކަން މިރެއާ ހަމައަށް ފުލުހުން ހާމަނުކުރެ އެވެ. 

ނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކުވަނީ ޝަމްނާޒުއަށް ތުހުމަތުވަނީ ރައީސަށާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ސިހުރު ހެދިކަމަަށްތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި  އެެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ފަދައިން ހައްޔަރުކުރި މީހުންނަށް ތުހުމަތުވަނީ ރައީސަށާއި އާއިލާއަށް ސިހުރު ހެދި ކަމަށް ކަމުގައެވެ. 

ޝަމްނާޒަކީ މާލެ ސިޓީ ކައުންސިލުގައި ރައީސް މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ ރައީސްކަމަށް އެމަނިކުފާނު އިންތިހާބު ވަޑައިގަތުމުން މުލިއާގޭ ވަޒީފާއަށް ވަޑައިގަތުމަށެވެ. 

ޝަމްނާޒުގެ ކުރީގެ ފިރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު  އާދަމް ރަމީޒުވެސް ސަސްޕެންޑުކޮށްފައިވެ އެވެ. އޭނާ ސަސްޕެންޑު ކުރި ސަބަބެއް ސަރުކާރުން ހާމަނުކުރެ އެވެ. އެ ބޭފުޅުންގެ ކާވެނި ރޫޅާލެއްވީ މި މަހު ކަމަށް އެނގިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.