މެންބަރުންގެ އިންޝުއަރެންސް ކަނޑާލާ ހަމައެކަނި އާސަންދަ ލިބޭ ގޮތަށް ބަދަލު ކުރަން ތާއީދު: ޝުޖާއު

ވިދާޅުވީ އޭގެ ބަދަލުގައި މެންބަރުންނަށް، ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

ބާރަށު ދާއިރާގެ މެންބަރު / ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް ކަނޑާލާ ހަމައެކަނި އާސަންދަ ލިބޭ ގޮތަށް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު / ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއް ގައި ޝުޖާއު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލީސް މެންބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ތާއީދު ކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ އޭގެ ބަދަލުގައި މެންބަރުންނަށް، ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ކޮންމެ މެންބަރަކަށް މެޑިކަލް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ އަހަރަކަށް 24،000 ރުފިޔާ އެވެ. އެ ފައިސާ ހަމަޖައްސަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުންނެވެ. މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދަށް ބަލާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ އެވެ.

ރޭ އޮތް ޕީއެންސީ ހައުސްގެ ޖަލްސާ ގައި ވެސް ޝުޖާއު ވަނީ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ. ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅުއްވަން ޖެހޭ ކަމަށާ އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި މިހާރު އޮތް ހާލަތު މެދުވެރި ކުުރުވި ސަބަބުތައް ވެސް ތަފްސީލު ކޮށް ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.