މި ޕްރޮގްރާމަށް މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. މި ހަރަކާތް ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަކީ އަމާޒެކެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަށް މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، 100 އެއްހާ މުވައްޒަފުން އެ ހަރަކާތުގެ ތެރެއިން ލޭ ހަދިޔާ ކުރި ކަމަށެވެ.
"މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމަށް ސްޓެލްކޯއިން އިސް ނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ހިންގި ޕްރޮގްރާމެއް." ސްޓެލްކޯއިން ބުނެ އެވެ.
މިފަދަ ދާއިރާތަކުން ވެސް މުޖުތަމައަށް ހިދުމަތް ކުރުމުގައި ސްޓެލްކޯ އިސް ނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަހަރު ފެށި މި ޕްރޮގްރާމަށް ފަހު ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާ ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށް ސްޓެލްކޯއިން ބުނެ އެވެ.