އިންޑިއާގެ މެމްބަރަކު ހުވާ ކުރެއްވި އިރު ފަލަސްތީންގެ ނަން ގެނައި މައްސަލަ ހިލިއްޖެ

ބީޖޭޕީގެ ލީޑަރުން ތުހުމަތު ކުރެއްވި ގޮތުގައި އަސަދުއްދީން އޮވައިސީ ވަނީ ފަލަސްތީނަށް ތާއީދުކޮށް އިންޑިއާގެ ގާނޫނު އަސާސީއާ ހިލާފުވެފަ އެވެ.

އިންޑިޔާގެ ގާނޫނު ހަދާ މަޖިލިސް މެމްބަރު އަސަދުއްދީން އޮވައިސީ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަސަދުއްދީން އޮވައިސީ މަގާމުގެ ހުވާ ކުރެއްވި ރަސްމިޔާތުގައި ހުވާ ކުރެއްވުމަށް ފަހު "ޖައި ފަލަސްތީން" އޭ ވިދާޅުވުމާ ގުޅިގެން އެ މައްސަލަ ބޮޑު ވެއްޖެ އެވެ. 

ހިންދީ ބަހުން "ޖައި" މި ލަފުޒުގެ މާނައަކީ ކާމިޔާބީ އެވެ. އެއަށްވުރެ ފުޅާދާއިރާއެއްގައި ބޭނުން ކުރަނީ ތާއީދު ކުރާކަން ހާމަ ކުރުމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި އޭނާ ވަނީ ގާނޫނު އަސާސީން ވެވަޑައިގެންނެވި ވައުދާ ހިލާފުވެ، އެހެން ގައުމަކަށް އޭނާގެ ވަފާތެރިކަން ފާޅު ކުރައްވާފަ އެވެ. އެހެން ކަމުން އޭނާގެ މެމްބަރުކަން ގެއްލޭނެ ކަމަށް އިންޑިއާގެ ގާނޫނު އަސާސީއާއި ހަވާލާދީ ބީޖޭޕީ ބައެއް މެންބަރުން ވަނީ ވިދާޅުވާން ފަށާފަ އެވެ.

އަސަދުއްދީން އޮވައިސީ އަކީ 2004 ވަނަ އަހަރުން ފެށިގެން ތެލަންގަނާގެ ހައިދަރުއާބާދު ދާއިރާއަށް ފަސް ފަހަރު މަތީން ލޯކްސަބާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ސިޔާސީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ،  ކުރިން އޭނާގެ ބައްޕާފުޅު ސަލާހުއްދީން އޮވައިސީ އަކީ ވެސް 1984 އިން 2004 އަށް ހަ ފަހަރު ހައިދަރުއާބާދުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޮވައިސީ އަކީ 2008 ވަނަ އަހަރުން ފެށިގެން އޭއައިއެމްއައިއެމްގެ ރައީސެވެ. ސަރަޙައްދީ ޕާޓީގެ މެނިފެސްޓޯގައި މުސްލިމުންގެ ހައްގުތަކާއި، ހުރިހާ ދީނީ މައިނޯރިޓީންގެ ފުޅާ ހައްގުތައް ފުޅާ ދާއިރާއެއްގައި ހިމަނާފައި ވެއެވެ. އެ ޕާޓީއަކީ މިފަހަރު ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް އަދި އިދިކޮޅު ކޯލިޝަންގައި ވެސް ނުހިމެނޭ ޕާޓީ އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.