ފިޗުން ރާއްޖޭގެ ރޭޓިން ތިން ސީ ޕްލަސްއަށް ދަށްކޮށްފި

ފިޗުން ބުނީ ރޭޓިން ދަށްކުރީ ރިޒާވް ދަށްވުމާއި ދަރަނި މަތިވެފައިވާތީ އެވެ. ނަމަވެސް އާ ސަރުކާރުގެ ފިޔަވަޅުތަކާއެކު ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" ގެ ރޭޓިންއިން "ސީސީސީ ޕްލަސް" އަށް ދަށްކުރިނަމަވެސް އިގްތިސޯދު ކުރިއަރާނެ ކަމަށް އަންދާޒާކޮށްފި އެވެ.

ރާއްޖޭގެ ސޮވެރިން ކްރެޓިޑް ހަދާފައިވާ ފިޗުން މިއަދު ނެރުނު ރާއްޖޭގެ ރޭޓިންގައި ވަނީ ރާއްޖޭގެ ބޭރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުން އެންމެފަހުން ދީފައިވަނީ "ބީ ނެގެޓިވް" އިން ރޭޓިން "ސީސީސީ ޕްލަސް " އަށް ދަށްކޮށްފަ އެވެ.

ދަށްކުރި ސަބަބު - ރާއްޖޭގެ އިޝުއާ ޑެފޯލްޓް ރޭޓިން ( 'ސީސީސީ+' އަށް ދަށްކުރި ސަބަބަކީ ރާއްޖޭގެ ބޭރުގެ ފައިނޭންސިން އަދި ލިކުއިޑިޓީ ހާލަތު ރަނގަޅު ނުވުމެވެ. މިއާއެކު ރާއްޖޭގެ ރިޒާވް ދަށްވުމާއި ބޭރުގެ ދަރަނި މަތިވުމަކީވެސް ސަބަބެކެވެ. އަދި މިއާއެކު އާ ސަރުކާރަށް ދަރަނި ދެއްކުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ގޮންޖެހުންތައް ހުރުންވެސް މިއީ ސަބަބެކެވެ. މީގެ އަނެއް ސަބަބަކީ ރިޒާވް ދަށްވުމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން 748 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ރިޒާވް މެއި މަހުގެ ނިޔަލަށް ވަނީ 492 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ އިންޑާއިން ހެދި ކަރަންސީ ސްވޮޕްގެ ސަބަބުނެވެ.

ފިޗު ؛ އުންމީދީ ނިޝާންތަކެއް ފެނޭ

ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރިނަމަވެސް އުންމީދީ މަންޒަރުތަކެއް ފެންނަ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރިޔާސީ އިންތިހާބަށްފަހު އޮމާންކޮށް ރާއްޖެ އޮތުމާއެކު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތު ލިބުން ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން ސިޔާސަތު ތަންފީޒުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށް ގެންދިއުމަށް ރަނގަޅު ނިޝާނެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. މިއާއެކު ދަރަނީގެ ހާލަތު ހަރުދަނާ ކުރުމާއެކު ފިޔަވަޅުތަކުގެ ސަބަބުން ރަނގަޅު ވެގެންދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.


މީގެ އިތުރުން ވަނީ ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މަތިވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އެގޮތުން ފިޗުން ލަފާކުރާ ގޮތުގައި 2023 މިދިޔަ އަހަރު 4.0 ޕަސެންޓުގައި ހުރުމަށް މި އަހަރު 5.0 ޕަސެންޓަށް އަދި އަންނަ އަހަރު އިގްތިސޯދުގެ ދުވެލި 6.3 ޕަސެންޓަށް އުފުލިގެންދާނެ އެވެ. މީގެ ސަބަބެއްގެ ގޮތުގައި ލަފާކޮށްފައިވަނީ މި އަހަރުގެ ފަހު ކުއާޓަރުގައި ވީއައިއޭ ހުޅުވުމެވެ. އަދި އާ ސަރުކާރުން ޚާރިޖީ ސިޔާސަތު އަލުން ބެލެންސް ކުރުމާއެކު މި އަހަރު އިންޑިއާގެ ޒިޔާރަތްތެރިންގެ އަދަދު ވަރަށް ބޮޑަށް ރަނގަޅުވު ޔޫރަޕާއި ޗައިނާ އަދި ރަޝިޔާގެ ދަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމްގެ އާމްދަނީ 27 ޕަސެންޓް އިތުރުވެފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ. 

ފިޗުން އެންމެފަހުން ރާއްޖޭގެ ސޮވެރިން ކްރެޓިޑް ހަދާފައިވާ ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" އެވެ. އެފަހަރު ދިނީ  "ސްޓޭބަލް" އެވެ. އެ ރޭޓިން ނެރުނީ 18 އޮކްޓޫބަރު 2022 ގަ އެވެ. ނަމަވެސް އެފަހަރުވެސް ރާއްޖޭގެ ދަރަނި މަތިވުމާއި ރިޒާވް ދަށްވުން ފާހަގަ ކުރި އެވެ. ރާއްޖޭގެ ރޭޓިން "ބީ ނެގެޓިވް" ގައި ދަހަމައްޓައި ނެގެޓިިވް ރޭޓިން ދިން ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނީގެ ކުރު އަދި ދިގު މުއްދަތުގެ ދަރަނީގެ މައްސަލަ އާއި ރިޒާވް ދަށްވުން ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.