ރާއްޖޭގައި ހަރުކަފި ފިކުރު އޮތް ކަމަށް ވިދާޅުވެ އެ ވާހަކަފުޅު ތަކުރާރުކޮށް ދައްކަވާ އެއް ބޭފުޅަކީ ނަޝީދެވެ. ނަމަވެސް ހަރުކަށި ފިކުރު އެމަނިކުފާނު މާނަ ކުރައްވާ ގޮތާއިމެދު ވާދަވެރީންނާއއި އާންމު ރައްޔިތުން ވަރަށް ބޮޑަށް ސުވާލު އުފައްދަ އެވެ.
ރާއްޖޭގެ އަންނަން އޮތް ޖީލު ހައްދުފަހަނައެޅި ވިސްނުމަށް ދޫނު ކުރަން އެޅެން އޮތް އެންމެ ބޮޑު ބާރެއް އެޅޭނީ ޓީޗަރުންނަށް ކަަމަށް ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާއި ގުޅިގެން ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގަ އެވެ. ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ކުއްޖާގެ ހަޔާތުގެ ތަސައްރަފު ފުދި ބޮޑު މީހަކަށް ވަންދެން ގިނަ ވަގުތު ހޭދަކުރެވިގެން ދަނީ ޓީޗަރުންނާއެކު ކަމަށެވެ.
"އެހެން ކަމުން ރާއްޖޭގެ އަންނަން އޮތް ޖީލު ހައްދުފަހަނަ އެޅި ވިސްނުމަށް ދޫނުކުރުމަށް އެޅެން އޮތް އެންމެ ބޮޑު ބާރެއް އެޅުއްވޭނީ ޓީޗަރުންނަށް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހަރުކަފި ފިކުރު އޮތް ކަމަށް ވިދާޅުވެ އެ ވާހަކަފުޅު ތަކުރާރުކޮށް ދައްކަވާ އެއް ބޭފުޅަކީ ނަޝީދެވެ. ނަމަވެސް ހަރުކަށި ފިކުރު އެމަނިކުފާނު މާނަ ކުރައްވާ ގޮތާއިމެދު ވާދަވެރީންނާއއި އާންމު ރައްޔިތުން ވަރަށް ބޮޑަށް ސުވާލު އުފައްދަ އެވެ. ހަރުކަށި ފިކުރު އޮތީ ހަމައެކަނި ދީނީ ގޮތުން ހައްދުފަހަނަ އެޅުމުގައި ކަމަށް ސިފަކޮށް ނަޝީދު ވާހަކަ ދައްކަވާއިރު ރާއްޖޭގައި އޮތް ދީނާއި ދުރު / ބޭދީނީ ހައްދުފަހަނަ އެޅުމާމެދު ނަޝީދު ކަންބޮޑުވެ ވަޑައިގެން ވާހަކަ ނުދައްކަވާތީ ހަރުކަށި ފިކުރުގެ ވާހަކަ ނަޝީދު ދައްކަވާ ދެއްކެވުމާއި މެދު އެ މީހުން ސުވާލު އުފައްދަ އެވެ.
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް މިންވަރަށް ވުރެ ދީނާއި ދުރު ލާދީނީ ފިކުރު އޮތް މިންވަރު ބޮޑެވެ.
މީނަ ކަމަކީ މިހެން ވާހަކަ ހުއްޓާ ނުލައި ދައްކައިގެން ރާއްޖެ ލާދީނީ ތަނަކަށް ބަދަލު ކުރުން އިރާދަ ކުރެއްވިއްޔާ އެހެން ނުވާނެ ބާކީ ވެގެން ނިމި ދާނީ ބާތިލު