މައްސަލަތައް ބަލައި ފައިސާއެއް ގެއްލުނުނަމަ ހޯދައިދޭންވީ: މައުރޫފު

މަައުރޫފު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އެ މައްސަލަތައް ކޮމިޓީތަކަށް ގެންގޮސްގެން ބަލައި ތަހުގީގުކޮށް ގެއްލިފައިވާ ފައިސާއެއް ހުރިނަމަ އެ ފައިސާއެއް އަނބުރާ ހޯދުން ކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު މެންބަރުން: މަސްވެރިންގެ ހައްގުގައި ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައ

ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ވެރިޔަކު ހިޔާނާތްތެރިވެ ވަޑައިގެންފައިވާނަމަ އެ މައްސަލަތައް މި ސަރުކާރުން ބަލައި، ދައުލަތުގެ ފައިސާއެއް ގެއްލިފައިވާނަމަ އެ ފައިސާއެއް އަނބުރާ ހޯދައިދޭންވީ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ. 

ފެނަކައިގެ ކުރީގެ ވެރިންގެ އިހުމާލުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ މައްސަލަ ބެލުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަަހުސް ކުރައްވަމުން މައުރޫފު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހިޔާނާތުގެ މައްސަލަތައް ބަލައި އެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށްފަހު، ރައްޔިތުންގެ ފައިސާއިން މިންވަރެއް ގެއްލިފައިވާނަމަ ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ކަމަށެވެ. 

ކޮރަޕްޝަނުގެ ވާހަކަ އަޑުގަދަކޮށް ދައްކައި، މައްސަލަތައް ބަލާނެކަމަށް މާ އަޑުހަރުކޮށް ވާހަކަދައްކާނަމަ އެއީ އެ މައްސަލަތައް ނުބަލާނެ ކަމުގެ އަލާމަތެއްގެ ގޮތުގައި މައުރޫފު ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހަށް ބަލާއިރު އެކަން ހިނގަނީ އެގޮތަށެވެ. މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ އެމްއެމްޕީއާރުސީ ހިޔާނާތެވެ. ބަޔަކު ކުރިން ވާހަކަައެއް ނުދައްކާ މިންވަރަށް އެ ވާހަކަ ދެއްކި ނަމަވެސް އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ބެލިފައިނުވާކަަން މައުރޫފު ފާހަގަކުރެއްވި އެވެ. 

އަދި މައުރޫފު ވިދާޅުވީ ފެނަކަ އަދި އެހެން ކުންފުންޏަަކުންވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައި އޮތްނަމަ އެ މައްސަލައެއް ބަލަންޖެހޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް އޮތްނަމަ މަޖިލީހުގެ ކޮމިޓީތަކަށް މައްސަލަ ގެންގޮސްގެން ބަލައި ދައުލަތަށް ފައިސާއެއް ގެއްލިފައިވާނަމަ އެ ފައިސާއެއް އަނބުރާ ހޯދަންވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އެނގޭ އެމްއެމްޕީއާރުސީ ހިޔާނާތުގެ ވާހަކަ ބަޔަކު ތާރީހުގައި ވާހަކައެއް ނުދައްކާ ވަރަށް ދެއްކި. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި އެވާހަކަ ދެއްކި އަދަދު އަޅުގަނޑުމެންނަށް ނޭނގޭ. ކިތަންމެ ވަރަކަށްވެސް އެވާހަކަ ދެއްކި. ދިވެހި ރައްޔިތުންނަށް އެނގިގެން ގޮސްފައި އޮތް ހަގީގަތަކީ އެ މައްސަލައެއް ނުބެލުނު. ދައުލަތަށް ގެއްލުނު ފައިސާތަކެއް ނުހޯދުނު،" އޭނާ ވިދާޅުވި އެވެ. 

"ފެނަކަައެއް ނޫން އަދި އެއްވެސް ކުންފުންޏަކުން ދައުލަަތަށް ހިޔާނާތްތެރިވެފައި އޮތްނަމަ ބަލަންޖެހޭނެއޭ ބެލެންޖެހޭނެއޭ. އެއީއަކީއެއް މާ އަޑުގަދަކޮށްފައި ދައްކަންޖެހޭ ވާހަކައެއް ނޫނޭ. އެ މައްސަލަތައް ކޮމިޓީތަކަށް ގެންގޮސްގެން ބަލަންވީ،" 

މަައުރޫފު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އެ މައްސަލަތައް ކޮމިޓީތަކަށް ގެންގޮސްގެން ބަލައި ތަހުގީގުކޮށް ގެއްލިފައިވާ ފައިސާއެއް ހުރިނަމަ އެ ފައިސާއެއް އަނބުރާ ހޯދުން ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް މުދަލަކަށް އެއްވެސް މީހަކު ހިޔާނާތްތެރިވުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަމަށްވެސް މައުރޫފު ވިދާޅުވި އެވެ. 

އިތުރަށް މަައުރޫފު ވިދާޅުވީ އޭނާގެ ދާއިރާގެ ރަށްތަކުގައި ފެނަކައިން ފަށާފައި ހުރި ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ މައްސަލަތައް ހައްލުކޮށް ކުރިން ފެށިފައި ހުރި މަޝްރޫއުތައް އަވަހަށް ނިންމުމަށްވެސް މައުރޫފުވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.