އަކޫގެ މެެސެޖު: މާތްﷲއަށް ބިރުވެތިވެ ފާފަތަކާ ދުރުވެ ތައުބާވޭ

"އަހުންނޭ ބިރުވެތިވޭ. ވަކިވެގެން އެދިޔައީ އަޅުގަނޑުމެންގެ ގާތް އަޚެކެވެ. ގަދަފަދަ ޙާލު ގައި ދުނިޔޭގައި ދިރިއުޅެމުން ދިޔަ ހެޔޮލަފާ އަޅެކެވެ. ޖެހިގެން އޮތީ އަޅުގަނޑު ނޫނީ ތިބާގެ ނަންބަރު ކަމަށް ވެސް ވެދާނެ އެވެ،"

މުހައްމަދު އާރިފް (ބަކާ) އަދި އަކްރަމް އަބްދުލްޣަނީ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އިބްރަތުން ފުރިގެންވާ ސްޓޭސަސް އަކުން ދިވެހީންނަށް މުހިންމު މެސެޖެއް ދީފި އެވެ. 

ހައްޖުގެ އަޅުކަމަށް ފަހު މީގެ ދެތީން ދުވަސް ކުރީން ރާއްޖެ އައި ފަހުން ބަކާ އުޅުނީ ބަލިވެ އެވެ. ވަރަށް ބޮޑަށް ހުން ގަދަވެ އަތުގެ އިނގިލިތައް ހުރީ ނޫފައިގެންފަ އެވެ. ގައިގެ ވަރު ނެތި ހާލު ދެރަވާން ފެށުމުން އޭޑީކޭ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށުނެވެ.

ރޭގެ ވަގުތެއް ގައި ހާލު ވަރަށް ދެރަވެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އެވެ. ވެންޓިލޭޓަރަށް ލާ ޖެހޭ ހިސާބަށް ހާލަތު ދެރަވެ ގޯސްވި އެވެ.

މިއަދު މެންދުރު ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޖެހިފައިވާ ކަން އެނގުނެވެ. އެހާ ހިސާބުން އެ ބަލީގެ ފަރުވާ ވަގުތުން ފެށި އެވެ. ނަމަވެސް އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ބަކާ، ނިޔާވި އެވެ.

ބަކާގެ ކުއްލި ވަކިވެދިއުމާއެކު ފުން ހިތާމައެއްގައި ހުރި އަކްރަމް ވަނީ ފޭސްބުކްގައި އިބްރަތްތެރި މެސެޖެެއް ހިއްސާ ކޮށްފަ އެވެ. ބަކާއާ ވަރަށް ބޮޑު ގާތްކަމެއް އޮތް އަދި ގައުމީ ޓީމަށް އެކުގައި ގިނަ މެޗުތަކެެއް ކުޅެދިން އަކޫގެ މެސެޖުގައި ފުރަތަމަ ވެސް ނަސޭހަތްތެރިވީ ބިރުވެތިވުމަަށެވެ.

"އަހުންނޭ ބިރުވެތިވޭ. ވަކިވެގެން އެދިޔައީ އަޅުގަނޑުމެންގެ ގާތް އަޚެކެވެ. ގަދަފަދަ ޙާލު ގައި ދުނިޔޭގައި ދިރިއުޅެމުން ދިޔަ ހެޔޮލަފާ އަޅެކެވެ. ޖެހިގެން އޮތީ އަޅުގަނޑު ނޫނީ ތިބާގެ ނަންބަރު ކަމަށް ވެސް ވެދާނެ އެވެ،"

އަކްރަމް ވަނީ އެއްކައުވަންތަ ﷲ އަށް ތައުބާ ވުމަށާ ހެޔޮ އަމަލު ކުރުން ގިނަ ކުރުމަށާ ފާފަ ތަކުން ދުރުވެ ރައްކާތެރި ވުމަަށް އިލްތިމާސް ކޮށް ނަސޭހަތްތެރިވެފަ އެވެ.

"ސުވަރުގެ މިންވަރު ކުރެއްވުން އެދި ﷲ އަށް ދުއާ ކުރާށެވެ. އަޅުގަނޑުމެންގެ އެކުވެރި އަހާ މުހައްމަދު އާރިފް އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުވކުރައްވާށި. އާމީން،" ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ކުޅުންތެެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަކްރަމްގެ ސްޓޭޓަސް ގައި ލިޔެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.