ރައީސްގެ އިންޑިޔާ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ

މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމުން ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވީއައިއޭގައި

އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ، ބޮޑުވަޒީރު ކަމުގެ އާ ދައުރަށް ހުވާ ކުރެއްވުމަށް އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދު ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ވަނީ ރައީސްގެ އިންޑިއާ ދަތުރުފުޅުގެ ހަރަދު ތަފްސީލު ހާމަ ކޮށްފަ އެވެ.

އެ އޮފީހުން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅު ގައި އެމަނިކުފާނުގެ އަރިހުގައި 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުން ހިމަނައިގެންނެވެ.

މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމުން ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުންނެވެ. މިހެން ކަމުން ޓްރާންސިޓް ކުރުމާއެކު ދަތުރުފުޅުމަތީ ކޮންމެ ފަހަރަކު ވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މުޅި ދަތުރުފުޅަށް ހަރުދުވީ 1،440،170.33 ރުފިޔާ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުުރެއްވުމަށް މަޝްވަރާ ކުރެވުނު ކަމަށް ބުންޏެވެ.

މިއީ ރަައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.