ބަނދަރެއް ނެތުމުން ސަފާރީ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅު ކުރަނީ

ސަފާރީ ބަނދަރު ހަދަން އޮތް ސަރަހައްދު އެމްޑީޕީ ސަރުކާރުން ވަނީ ގޯތި ދީފަ އެވެ. އަދި ބަނދަރު ހަދަން ކެމްޕޭނާ ދިމާކޮށް ދިޔަނެރުގައި ވެލި ފުންޏެއް ޖެހުންނޫން ކަމެއް ނުކުރެ އެވެ.

ރާއްޖޭގެ ސަފާރީތަކެއް : ބަނދަރެއް އަދިވެސް ނުލިބޭ

ހުޅުމާލެ ފަޅުން އަލަށް ހިއްކާ ސަރަހައްދާއެކު ސަފާރީތައް އަޅަން އޮތް ބަނދަރު ގެއްލިގެން ދިއުމުން ސަފާރީ ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުން ހިމެނޭ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެންމެ މޫސުން ގޯސްވާ ނަކަތްތަށް އައިއިރު ވެސް ބަނދަރެއް ލިބިފައިނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މި ކަމަކަކީ އަވަސް ހައްލެއް ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ޓޫރިޒަމްގެ ބައި ގަރުނުގެ ތާރީހުގައި ސަފާރީ ވިޔަފާރި މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ. ނަމަވެސް މި އުޅަނދުތަކަށް ބަނދަރެއް ހެދިފައެއް ނެތެވެ. ނަމަވެސް އެކިވެރިކަން ތަކުގައި ބަނދަރެއް ދޭން ވާހަކަ ދެކެވުނެވެ. އެގޮތުން އެންމެފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސަފާރީ ބަނދަރެއް ހަދަން ވެރިކަން ފެށުނުއިރުން ފެށިގެން ވާހަކަ ދެއްކި އެވެ. 

އެކަމަކު އަމަލީ މަސައްކަތެއް ނުފެނެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭންއާ ދިމާކޮށް ދިރަނެރު ފަޅަށް ހައިމާކެއް ގެންގޮސްގެން ވެލި ފުންޏެއް ޖެހި އެވެ. އަދި ހުޅުމާލެ ފަޅުގައި ސަފާރީއާއި ކްރޫޒްލައިނާތަކަށް ހެދި ބަނދަރު މަޝްރޫއު ހުއްޓާލައި އެ ސަރަހައްދުން ވަނީ ގޯތި ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.