ބޯޓު ދަތުރު ކުރުމުގެ ސިނާއަތަށް ބޮޑު އިސްކަމެއް ދޭން ޖެހޭ: މަޖލިިސް ރައީސް

ޓޫރިޒަމާއި މަސްވެރިކަމާއި އެހެން ސިނާޢަތްތަކާއެކު ދަތުރު ކުރުމުގެ ސިނާއަތް ވެސް އިގްތިސޯދުގެ ތެރޭގައި ހިމެނެ އެވެ.

ސީފެއަރާ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި މަޖިލިސް ރައީސް ވާހަކަފުޅު ދައްކަވަނީ -- ޕީއެސްއެމްގެ ފޮޓޯއެއް

ބޯޓު ދަތުރު ކުރުމުގެ ސިނާއަތަށް މިހާރަށް ވުރެ ބޮޑު އިސްކަން ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

ސީފެއަރާ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން މަޖިލީހުގެ ރައީސް ވިދާޅުވީ ސީފެއަރާ އައިޑެންޓިޓީ ކާޑުގެ މައްސަލައަކީ ހަތް އަހަރާއި އަށް އަހަރު ވަންދެން ހައްލު ނުކޮށް އޮތް މައްސަލައެއް ކަމަށާއި ނަމަވެސް މި މަސަރުކާރުން އެ މައްސަލަ ހަތް މަސް ދުވަހުގެ ތެރޭގައި ހައްލު ކުރުމުން އެނގެނީ އިހުލާސްތެރި ކަމާއެކު ސަރުކާރަކުން މައްސަލައެއް ހައްލުކުރަން އުޅޭނަމަ އެކަން ކުރެވޭނެ ކަމަށެވެ. 

މަޖިލިސް ރައީސް، އަބްދުއްރަހީމް ވިދާޅުވީ ގައުމެއް ތަރައްގީ ވަނީ އެންމެ ސިނާއަތަކުން ނޫން ކަމަށާއި ޓޫރިޒަމާއި މަސްވެރިކަމާއި އެހެން ސިނާޢަތްތަކާއެކު ދަތުރު ކުރުމުގެ ސިނާއަތް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި އެ ސިނާޢަތަކީ ދިވެހި ރާއްޖެއަށް ބޭރުފައިސާ ވަންނަ އެއް ސިނާއަތް ކަމަށެވެ. 

"ބޭރު ފައިސާ ދިވެހި ރާއްޖެއަށް ވަންނަ އެއް ދާއިރާ ދަތުރުފަތުރު ކުރުމުގެ ދައިރާއަކީ. އެހެން ކަމުން މިކަމަށް މިހާރަށް ވުރެ ބޮޑަށް އިސްކަމެއް ދޭން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.