އިދިކޮޅުން ކުރާ ހަމައެކަނި ކަމަކީ ދޮގު ހެދުމާއި އުފެއްދުން: ރައީސް

"އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން ހަމައެކަނި މިހާރު ކުރައްވާ ކަންތައް އެއީ ދޮގު ހެދުން. އެ ނޫން އެއްވެސް ކަމެއް ނުކުރައްވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ސަރުކާރާއި ވާދަވެރި -- އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ ހަމައެކަނި ކަމަކީ ސަރުކާރާއި ގުޅޭގޮތުން ދޮގު ހެދުމާއި ދޮގު ވާހަކަތައް އުފެއްދުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ރައީސްކަން ކުރައްވާ ކޮންގްރެސް ޕާޓީގެ "ޕީއެންސީ ހައުސް" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު އޮތް ހަރުގެ ޖަލްސާ ގައި ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކުރާ ހަމައެކަނި ކަމަކީ އެމަނިކުފާނާއި ސަރުކާރާއި ބެހޭ ގޮތުން ބުހުތާނު ދޮގު ހެދުން ކަމަށެވެ. އެ ނޫން އެއްވެސް ކަމެއް ކުރައްްވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓީވީ ސްޓޭޝަންތަކާއި އެ ނޫން ވަސީލަތްތައް ބޭނުން ކޮށްގެން އިދިިޮޅުން އެ މަސައްކަތް ކުރި ނަމަވެސް އެމަނިކުފާނު އަބަދުވެސް އިސް ކުރައްވާނީ ތެދު ބަހުން ވާހަކަ ދެއްކެވުން ކަމަށެވެ.

"އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން ހަމައެކަނި މިހާރު ކުރައްވާ ކަންތައް އެއީ ދޮގު ހެދުން. އެ ނޫން އެއްވެސް ކަމެއް ނުކުރައްވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،"

އެމަނިކުފާނާއި ސަރުކާރުން ދައްކާ ކޮންމެ ވާހަކައެއް ވެސް ދައްކަވަނީ ތެދުވެރިކަމާ އެކު ކަމަށާ ނަމަވެސް ތެދުބަހުން ވާހަކަ ދެއްކުމުގެ ހިތްވަރު ނެތް ނަމަ އެބަޔަކަށް ދެން ދެއްކޭނީ މުޅީން ވެސް ދޮގު ވާހަކަތައް ކަމަށެވެ. އެެހެން ކަމުން ރޭ ހުޅުވި ޕީއެންސީ ހައުސް ގައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށް ދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރުމަށް ޕީޕީއެމާއި ޕީއެންސީގެ މެންބަރުންނަށް ރައީސް ގޮވާލެއްވި އެވެ.

"އަޅުގަނޑު އެދެން މި ޖަގަހައިގެ ބޭނުން ފުރިހަމަ ގޮތުގައި ޕީޕީއެމް ޕީއެންސީގެ ހުރިހާ ލޮބުވެތި މެންބަރުން ހިއްޕަވަން. ދިވެހިރައްޔިތުންނަށް ތެދު މައުލޫމާތު ހާމަކޮށް ދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.