ހައްޖުވެރިން މިތިބީ އިންތިޒާމުތަކާ މެދު އުފަލުން ފޮޅިފައި

ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން ބުނީ ދިވެހި ސަރުކާރުން އެމީހުންނަށް ހާއްސަކޮށްފައިވާ އިންތިޒާމުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެއާޕޯޓްގައި ހައްޖުވެރީންނާ އެކު

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ މީހުންނަށް، ދިވެހި ސަރުކާރުން ހާއްސަކޮށްފައިވާ އިންތިޒާމުތަކަށް ހައްޖުވެރިން ތައުރީފްކޮށްފި އެވެ. 

އިސްލާމިކް މިނިސްޓްރީން އެކްސްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯތަކުގައި ހައްޖުވެރިން ބުނީ، އެމީހުންނަށް ހާއްސަކޮށްފައިވާ އިންތިޒާމުތަކާ މެދު ޝަކުވާއެއް ނެތް މިންވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެގޮތުން އަޅުކަމުގެ ކަންކަމާއި، ތިބުމުގެ އިންތިޒާމުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް އެމީހުން ބުނެފައި ވެއެވެ. 

"އެހާ ފުރިހަމަ ކެއުމާ، ނިދުމާ ހުރިހާ ކަމެއް ވެސް.. އަދި އަޅުގަނޑުމެންނަށް ކޮންމެ ނަމާދެއް ނިމުމާ އެކީގައި އެކަމާ ގުޅޭ ގޮތުން ނަސޭހަތްދީ، ކަންކަން އޮންނަ ގޮތް ދީނީ ކަންތައްތަކުގެ ތެރޭން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ކިޔައިދޭ." ހައްޖުގެ އަޅުކަމަށް ގޮސް ހުރި މީހަކު ބުންޏެވެ. 

ވީޑިއޯ އިންޓަވިއުދިން އަންހެން ހައްޖުވެރިން ވެސް ބުނީ އިންތިޒާމުތަކާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅޭ އިންތިޒާމުތަކާ، ވަސީލަތްތަކާ. ދުއާކުރުމަށް މިދިޔަ ތަނުގައި ވެސް ޝޭހުން އަޅުގަނޑުމެންނާ ބެހެއްޓެވި ގާތްކަމާ، އެއްވެސް އޮޅުވާލުމެއް ނެތި ކޮންމެ ކަމެއް ކިޔައިދޭތީ އަޅުގަނޑުމެން ވަރަށް އުފާވޭ." އިތުރު ހައްޖުވެރިއަކު ބުނެ އެވެ. 

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވައި މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދިޔަ އެވެ. ސައުދީއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1،150 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.