މާދަމާ ދިވެހި ހައްޖުވެރިން ރާއްޖެއަށް އަންނަން ފަށާނެ

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖުވެރިން ރާއްޖެއަށް އަންނާނީ ހަތަރު ދުވަހެއްގެ މަތިންނެވެ. ފުރަތަމަ ގުރޫޕު މާދަމާ އަންނާނެ އެވެ.

ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެއަށް އަންނަން ފަށާނެ އެވެ. 

ހައްޖު ކޯޕަރޭޝަނުންވަނީ އެ ކުންފުނީގެ ހަވާލުގައި ދިޔަ ހައްޖުވެރިން ރާއްޖެއަށް އަންނާނެ ތާރީހުތައް ހިއްސާކޮށްފަ އެވެ. މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދިނީ ޖުމްލަ 1،150 ހައްޖު ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަަށެވެ. 

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖުވެރިން ރާއްޖެއަށް އަންނާނީ ހަތަރު ދުވަހެއްގެ މަތިންނެވެ. ފުރަތަމަ ގުރޫޕު މާދަމާ އަންނާނެ އެވެ. އަދި ބާކީ ގުރޫޕުތައް އެހެން ދުވަސްތަަކުގައި އައިސް ހުރިހާ ހައްޖުވެރިންނަށް ރާއްޖެ އާދެވޭނީ ޖުލައި ހަތަރުވަނަ ދުވަހު އެވެ. 

ހައްޖުވެރިން ރާއްޖެއަށް އަންނާނެ ދުވަސްތައް

  •  24 ޖޫން
  •  28 ޖޫން
  •  1 ޖުލައި
  •  4 ޖުލައި

މި އަހަރު ހައްޖަށް ދިޔަ 1،150 މީހުންގެ ތެރެއިން 50 މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި ނިކަމެތިންނެވެ.

ސަރުކާރުން މިފަހަރު ފުރުސަތު ދިނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 50 އަހަރުން މަތީ މީހުންނަށެވެ. ހައްޖަށް ފޮނުވާނެ 50 މީހުން އިހުތިޔާރުކުރީ ގުރުއަތު ނަގައިގެންނެވެ. 

ދިވެހި ހައްޖާޖީންގެ ތެރެއިން ހައްޖުގެ އެކަކު ނިޔާވި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހައްޖުގެ އަޅުކަން ނިމުނުއިރު ހައްޖާޖީންގެ ހާލު ރަނގަޅެވެ. 

މި އަހަރުގެ ހައްޖު މިޝަނުގައި ފޯރުކޮށްދެވުނު ހިދުމަތްތައް ރަނގަޅު ކަމަށާއި، އަދި ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަވެފައި ހުރި ކަންކަން އަންނަ އަހަރު ރަނގަޅު ކުރެވި ހިދުމަތް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.