ސަމާލު! ވިނަރެހަށް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖެއް ފޮނުވާ ފައިސާ ފޭރެނީ

މި ލިންކު މެދުވެރިކޮށް ފޭސްބުކު އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓްގައި މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަަމަށް ވެސް ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ، "ވިނަރެސް" ފްލެޓްތައް --

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ، "ވިނަރެސް" ފްލެޓްތަކަށް އެޕްލައި ކުރެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލާފައިވާ ކަމަށާ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ހިމެނޭ ގޮތަށް ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

މި ލިންކު މެދުވެރިކޮށް ފޭސްބުކު އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓްގައި މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަަމަށް ވެސް ބުންޏެވެ.

ސްކޭމް މެސެޖުތަކާއި ކޯލުތައް ކޮށްގެން މީހުންްގެ އަތުން ފޭރުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ. އެފަދަ އަމަލުތައް ގިނައިން ހިންގަނީ ޖަލުތަކުގައި ތިބޭ ކުށްވެރީންނެވެ. އެކަން ހުއްޓުވުމުގައި ދައުލަަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ހަރުދަނާ / ރަނގަޅު މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.

އަދި ސްކޭމްގެ ތެރެއިން މީހުންގެ އަތުން ގެއްލޭ ފައިސާގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ނުވެސް ހޯދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.