ޗުއްޓީ ނިމޭ ދުވަސް، ބޮޑު ބަޔަކަށް މޫސުމީ އިންޒާރު

ނިމިދިޔަ އީދު ބަންދަށް ފަހު މިއަދަކީ ގިނަ ބަޔަކު ދަތުރު ކުރާނެ ދުވަހެކެވެ. މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެންމެ ދެކުނު ކަމަށްވާ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށެވެ.

މޫސުން ގޯސްވެ އަނެއްކާ ވެސް މުޅި ރާއްޖެއަށް ހުދު ޔެލޯ އެލާޓް ވަނީ ނެރެފައި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ނިމިދިޔަ އީދު ބަންދަށް ފަހު މިއަދަކީ ގިނަ ބަޔަކު ދަތުރު ކުރާނެ ދުވަހެކެވެ. މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެންމެ ދެކުނު ކަމަށްވާ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެ ހިސާބަށް ނެރުނު އެލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދެކުނަށް އެލާޓް ނެރެފައި ނެތް ނަމަވެސް، ވިލާގަނޑުގައި ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އިއްޔެ ވެސް ބައެއް ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ. އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ގާފަރާއި ބ. ގޮއިދޫ އަށެވެ. ގޮއިދޫއަށް 61.2 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު ގާފަރަށް 67.7 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.