ފުވައްމުލަކު ޒުވާނަކު ގެއްލިގެން އިއުލާނު ކޮށްފި، ހަބަރެއް ނުވާތާ ހަފްތާއެއް

އާއިލާއަށް ހަބަރެއް ނުވެގެން ހޯދަމުން ދަނީ ޏ. ފުވައްމުލަކު ސިޓީ / ދިގުވާޑް އެފްރޯ، އަހްމަދު އިޔާސް ވަސީމް އެވެ.

ގެއްލިގެން ހޯދަމުންދާ ޒުވާނާ

ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން އިއުލާނު ކޮށްފި އެވެ.

އާއިލާއަށް ހަބަރެއް ނުވެގެން ހޯދަން އިއުލާނު ކުރީ ޏ. ފުވައްމުލަކު ސިޓީ / ދިގުވާޑް އެފްރޯ، އަހްމަދު އިޔާސް ވަސީމް އެވެ.

އުމުރުން 24 އަހަރުގެ އިޔާސްގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓް ކުރުމުން އޭނާ ހޯދަމުންދާ ކަން ހާމަކޮށް ފުލުހުން ވަނީ އިޔާސްގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އިޔާސްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރީން -- މި މަހުގެ 14 ވަަނަ ދުވަހު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން ވަނީ އިޔާސްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް އެދިފަ އެވެ.

މިދިޔަ ހަފްތާގައި ކުޑަ އަންހެން ކުއްޖަކު ވެސް ގެއްލިގެން ހޯދަން އިއުުލާނު ކުރި އެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހަބަރެއް ނުވާތާ ހަ ދުވަސް ފަހުންނެވެ.

އޭގެ ކުރީން އިތުރު ޒުވާނަކު ވެސް ގެއްލިގެން ވަނަވަރު އާންމުކުރި އެވެ. އެ ޒުވާނާ ފެނުނީ ފަޅުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވަ އެވެ. އެހެން ޒުވާނަކު ވެސް ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ އެ ހަފްތާގެ ކުރީކޮޅު ފެނުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.