އެމްއެމްޕީއާރުސީއާއި މަންޓާ ގުޅިގެން ބެންގަލޫރުގައި ރާއްޖެ ޕްރޮމޯޓުކުރަނީ

އެ ރޯޑް ޝޯއާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީއާއި މަންޓާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މި ރޯޑް ޝޯ ކުރިއަށްގެންދާނީ ބެންގަލޫރުގައި ހުންނަ ޝަންގްރިލާ ހޮޓަލުގައި މި މަހުގެ 26 ވަނަ ދުވަހު ކަމަަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޑިއާ ފަތުރުވެރިންތަކެއް، ފޮޓޯ: ސަން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)އާއި މަންޓާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރޯޑް ޝޯއެއް ބާއްވަން ނިންމައިފި އެވެ. 

އެ ރޯޑް ޝޯއާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީއާއި މަންޓާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މި ރޯޑް ޝޯ ކުރިއަށްގެންދާނީ ބެންގަލޫރުގައި ހުންނަ ޝަންގްރިލާ ހޮޓަލުގައި މި މަހުގެ 26 ވަނަ ދުވަހު ކަމަަށެވެ. 

މި ރޯޑް ޝޯގައި ބޮޑެތި ރިސޯޓުތަކުން ބައިވެރިވާނެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމުގެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޑިއާގެ ހޮސްޕިޓޭލިޓީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހި ކުރެވޭނެ ކަމަށެވެ. 

ފަތުރުވެރިކަމުގެ މަތީ ފަންތީގެ ބާޒާރެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ މި ހަރަކާތުގައި ދެ ގައުމުގެ 150 އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ކުންފުނިތަކުގެ މަންދޫބުން ބައިވެރިވާނެ އެވެ. 

ރާއްޖެއިން ބައިވެރިވާ ބައެއް ކުންފުނިތައް

  •  ޔުނިވާސަލް ރިސޯޓްސް
  •  މައިނާ ހޮޓެލްސް
  •  އެންއެޗް ކަލެކްޝަން
  •  އެޓްމޮސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސް
  •  ސަން ސިޔާމް ރިސޯޓްސް
  •  ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް
  •  ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް
  •  އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް
  •  އަންގްސަނާ
  •  ކޯމޯ
  •  ރިއޫ

މި ކުންފުނިތަކުގެ އިތުރަށްވެސް ބައެއް ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެތަންތަން އިޝްތިހާރު ކުރުމަށް މި ރޯޑް ޝޯގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. 

އެމްއެމްޕީއާރުސީން ބުނީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އަދި އިންޑިއާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކޮށް ދިވެހި ޓުއާ އޮޕަރޭޓަރުންނާއި އިންޑިއާ އޮޕަރޭޓަރުންގެ މެދުގައި ގުޅުން ބަދަހި ކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.