އީސީން ބުނީ މުއްދަތު ހަމަވީއިރު ކުރިމަތިލީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށެވެ. އެއީ ކޮންގްރެސްގެ ޕާޓީގެ ޓިކެޓް ގައި ކުރިިމަތިލި ޅ. ނައިފަރު މުނިމާގެ މުހައްމަދު ސަނީ އެވެ.
ހުސްވެފައިވާ ޅ އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓް މުހައްމަދު ސަނީ އިންތިހާބު ވެއްޖެ އެވެ.
ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވީ ޔާސީން އަބްދުﷲ، ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތުމުންނެވެ. ސަރުކާރު ހިންގާ ކޮންގްރެސްއަށް ނިސްބަތްވާ ޔާސީން އިންތިހާބު ގައި ވާދަ ކުރައްވާ ގޮނޑި ހޯއްދެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ކުރީން ކޮންގްރެސް ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.
އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް އަންނަ މަހުގެ 20 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން ނިންމާ ކުރިމަތިލާން ފުރުސަަތު ހުޅުވާލި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވީއިރު ކުރިމަތިލީ އިންތިހާބު ކުރަން ޖެހޭ އަދަދަށް އެންމެ މީހެއް ކަމަށެވެ.
އެއީ ކޮންގްރެސްގެ ޕާޓީގެ ޓިކެޓް ގައި ކުރިިމަތިލި ޅ. ނައިފަރު މުނިމާގެ މުހައްމަދު ސަނީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ޅަވިޔަނި ރައީސް ހޮވުމަށް ބައި އިލެކްޝަން ދެން ނޯންނާނެ ކަމަށް އިއުލާނުކޮށް އެ މަގާމަށް ސަނީ އިންތިހާބުވެފައިވާކަން އިއުލާނު ކޮށްފަ އެވެ.