ހައްޖުގެ އިންތިޒާމުތަކަށް ފާޑުކީ މީހާގެ ހަގީގަތް އެމްޑީ ކިޔައިދީފި

ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް ވަނީ ނިޒާމްގެ ވާހަކަތައް ދޮގުކުރައްވައި، އެކަމާ ތައުބާވެ މާފަށް އެދުމަށް ގޮވާލާފަ އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

ހައްޖުގެ އަޅުކަމުގައި ދިވެހި ހައްޖުވެރިންނަށް ހުރި އިންތިޒާމުތަކަށް ފާޑުކީ މީހަކަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަރުގަދަ ރައްދެެއް ދެއްވައިފި އެވެ. 

މިއަހަރު ހައްޖުގެ އަޅުކަށް ދިޔަ މުހައްމަދު ނިޒާމް ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި، މިއަހަރު ހައްޖުގެ ކަންކަމުގައި މައްކާގައި ދިވެހިންނަށް ހަމަޖައްސާފައި އިންތިޒާމުތަކާ ގުޅޭ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައި ވެއެވެ. އެގޮތުން ހައްޖުވެރިންގެ ކަންކަން ބަލަހައްޓާ ޓީމުގެ ކޮމާންޑުތަކާ ބައެއް ހައްޖުވެރިން ހިލާފުވުމުން ކޮންޓްރޯލު ގެއްލި ވަގުތު ބޭކާރުވާ ވާހަކަ އާއި، ތަންދޮރު ނުދަންނަ އެހީތެރިން ހަމަޖައްސާފައި ތިބިކަމާއި، ދެއްކި ފައިސާއާ "އެއް ފެންވަރުގެ ހިދުމަތެއް" ނުލިބޭ ވާހަކަ ފާހަގަކޮށްފައި އޮތެވެ.

އަދި މިނާގައި ލަންކާ މީހުންނާ އެއް ޓެއްޓެއްގައި ތިބެން ޖެހުމާއި، ލިބުނީ "ބަންގާޅީ" ކެއުންކަމަށް ބުނެ ފާޑު ކިޔާފައި ވެއެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ޓީމުން، އެ ކުންފުނި އިސްތިހާރުކުރުމަށް ސައުދީގެ ގަވައިދާ ހިލާފަށް އުޅޭކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ. 

އެ ޕޯސްޓަށް ރައްދު ދެއްވަމުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޝަކީލް ވަނީ އެމީހާ ދެއްކި ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެއްވާ އެފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބެލެވޭ ސަބަބު ސާފުކޮށް ދެއްވާފަ އެވެ. ޝަކީލް ވިދާޅުވީ ނިޒާމްގެ ޝަކުވާތަކުގެ އަސްލަކީ އަމިއްލަ މަންފާއަށްޓަކައި، އޭނާ އެދެމުން އައި ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާނޭހެން އެއްވެސް ކަމެއް އެ ކޯޕަރޭޝަނުން ހަމަޖައްސައި ނުދިނުމެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ނިޒާމްގެ ބައްޕަ ހައްޖަށް ދިއުމަށް ލިބުނު ފުރުސަތުގައި އެހީވުމަށް، އޭނާ އާއި އޭނާގެ އަންހެނުން ހައްޖަށް ދިއުމުގެ ފުރުސަތު އުސޫލުން ބޭރުން ހަމަޖައްސައިދިނުމަށް އޭނާ ހުށަހެޅި އެވެ. އަދި ހައްޖު ކޯޕަރޭޝަނުން ހުޅުވާލި ބިޑަކަށް ކުރިމަތިލުމަށްޓަކާ ވެސް އޭނާ ވަނީ ޝަކީލަށް ގުޅާފަ އެވެ. 

"މި ސަބަބާހުރެ ނިޒާމްގެ ބައްޕަގެ ބަދަލުގައި މި އަހަރު ހައްޖަށް އައިސް ހުރެ މެނޭޖްމަންޓަށް ކޮޕަރޭޝަންގެ އެކި ކަހަލަ ތުހުމަތުތަައް ކުރަމުންދާއިރު އަޅުގަނޑު އެދެނީ ނިޒާމް އަވަހަށް ތައުބާވެ ހަގީގަތާ ހިލާފް ވާހަކަ ދެއްކި ކަމަށްޓަކާ ރައްޔިތުންގެ ކިބައިން މައާފަށް އެދެން،" ނިޒާމުގެ ޕޯސްޓަށް ފޭސްބުގައި ކޮމެންޓު ކުރައްވާ ޝަކީލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.