ހަނގުރާމަ ފެށިފަހުން ފަލަސްތީނުގެ 640 ކުއްޖަކު އިސްރާއީލުން ހައްޔަރުކުރި

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 250 ކުޑަކުދިން މިވަގުތުވެސް އެބަ ތިއްބެވެ. ބެލެނިވެރިޔަކު ނުވަތަ ވަކީލަކު ހާޒިރު ވުމަށް ފުރުސަތު ނުދީ އެތައް ކުދިންނަކަށް ގޯނާކޮށް، އަނިޔާކޮށް، ސުވާލުކޮށްފައިވެ އެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހިފަހައްޓައިގެން ގެންދަނީ

ފަލަސްތީނުގެ ޕްރިޒަނަސް ކްލަބުން އިއްޔެ ބުނީ އީދު ދުވަހު އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކުރުމަށްފަހު އޭގެ ގަޑިއިރުތަކެއް ފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކުގެ ހަނގުރާމަ ފެށުނީއްސުރެ ކުޑަކުދިން ހައްޔަރުކުރުމުގެ 640 މައްސަލައެއް ހިނގާފައި ވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއިން ބުނެފައިވެއެވެ.

މުސްލިމުންގެ އަޟްހާ އީދުގެ ފުރަތަމަ ދުވަހު ހައްޔަރުކޮށް އަނިޔާވެރިކަމުގެ އެންމެ ފަހުގެ ޝިކާރައަކަށްވީ އަލްމުޣައްޔިރު އަވަށުގެ ބަހާ ކަޒެމް ހައްޖު މުހައްމަދު ކިޔާ ކުއްޖެކެވެ.

ޕީޕީސީން ބުނީ ބަހާ ގެންދިޔައީ ކުޑަކުދިންތަކަކާއެކު އޭނާ ހުރި ޓައުން ސެންޓަރުން ކަމަށެވެ. އޭނާ ބަންދުގައި ބެހެއްޓުމުން އަނެއްކާވެސް ހާމަވެގެން ދިޔައީ ފަލަސްތީނުގެ ރަށްވެހިންނަށް އުނދަގޫކުރުމަށް ފަލަސްތީނުގެ އަވަށްތަކަށާއި ސިޓީތަކަށް ތަކުރާރުކޮށް އިސްރާއީލުގެ ސިފައިން ވަދެ ފައިވާ ކަމެވެ.

ބަހާގެ 20 އަހަރުގެ ބޭބެ އަލީ ކަޒީމް ހައްޖު މުހައްމަދު މީގެ ދުވަސްކޮޅެއް ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެމީހުންގެ އާއިލީ ގެއަށް ވަދެފައިވަނީ އިސްރާއީލު ސިފައިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 250 ކުޑަކުދިން މިވަގުތުވެސް އެބަ ތިއްބެވެ. ބެލެނިވެރިޔަކު ނުވަތަ ވަކީލަކު ހާޒިރު ވުމަށް ފުރުސަތު ނުދީ އެތައް ކުދިންނަކަށް ގޯނާކޮށް، އަނިޔާކޮށް، ސުވާލުކޮށްފައިވެ އެވެ. ހިބްރޫ ބަހުން ލިޔެފައިވާ އިއުތިރާފުތަކުގައި ސޮއިކުރަން ބައެއް ކުދިންނަށް މަޖުބޫރުވެފައިވާއިރު، އޭގައި ލިޔެފައިވާ އެއްޗެއް އެކުދިންނަކަށް ނޭނގެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.