ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކޮށްފި

މިފަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު ހަ ޕާޓީއަކީ އިދިކޮޅު އެމްޑީޕީއާއި، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ އިތުރަށް ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންނާއި އޮފިޝަލުން: ގިނަ އޮބްޒާވަރުންނާއި މޮނިޓަރުންނާއެކު އިންތިހާބު ބާއްވަން ފަސޭހަވާނެ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ހަ ޕާޓީއަކަށް 44 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ދައުލަތުން ފައިސާ ލިބުމަށް ޝަރުތު ހަމަވެފައިވަނީ ހަ ޕާޓީއެއް ކަމަށެވެ. 

މިފަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު  ހަ ޕާޓީއަކީ އިދިކޮޅު އެމްޑީޕީއާއި، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ އިތުރަށް ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ. 

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުން ފައިސާ ލިބޭނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓު ފާސްކުރުމާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެ ޕާޓީތަކަށް ފައިސާ ދޫކުރާނީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. 

ޕާޓީތަކަށް ދޫކުރި ފައިސާގެ އަދަދު

  •  އެމްޑީޕީ: 15.1 މިލިއަން ރުފިޔާ
  •  ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
  •  ޕީއެންސީ: 8.0 މިލިއަން ރުފިޔާ
  •  ޖޭޕީ: 5.3 މިލިއަން ރުފިޔާ
  •  އަދާލަތު: 2.5 މިލިއަން ރުފިޔާ
  •  އެމްޑީއޭ: 2.4 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ އަދަދުތަކަށް ބަލާއިރު، މި އަހަރު ފައިސާ ދޫކޮށްފައިވަނީ ހަ ޕާޓީއަކަށެވެ. އެ ހަ ޕާޓީއަށް ފައިސާ ދޫކުރީ ކޮންމެ މެންބަރެއްގެ ބޮލަކަށް 289.62 ރުފިޔާގެ މަގުންނެވެ. 

ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ގިނަ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް މައްސަލައެކެވެ. ދައުލަތުން ފައިސާ ދޫކުރި ނަމަވެސް ޕާޓީތައް ހިންގުމުގައި ދެފުށް ފެންނަ އުސޫލުތަކެއް ނެތުމުން އެ ފައިސާ ބޭނުންކުރާ ގޮތް ނޭނގޭތީ އާންމުން އަބަދުވެސް ކަންބޮޑުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.