ފިރިމީހާގެ ވާތު އެއާޕޮޑް ޕްރޯ ކެވުނުކަން ބާކާއަށް އެނގުނީ އޭނާގެ ރަހުމަތްތެރިޔާ އޭނާގެ އަތުގައި ބޭސްތައް ހުރުމުން ސުވާލުކުރުމުނެވެ.
އެމެރިކާގެ އަންހެނަކު ވިޓަމިން ބޭސްގުޅަކަމަށް ފިރިމީހާގެ އެޕަލް އެއާޕޮޑް ޕްރޯގެ އެއްފަޅި ދިރުވާލައިފިއެވެ. އުމުރުން 52 އަހަރުގެ ޓަނާ ބާކާ މިވާހަކަ ޓިކްޓޮކްގައި ހިއްސާކުރުމުން ގިނަބައެއްގެ ސަމާލުކަން ލިބި ވައިރަލްވި އެވެ.
މިކަން ހިނގާފައިވަނީ ބާކާ ހެނދުނުގެ ވަގުތު ރަހްމަތްތެރިއަކާއެކު ހިނގަން ނުކުމެ އުޅުމުގެ ތެރޭގައެވެ. ހިނގަމުން ގޮސް ވަކި ހިސާބަކުން ބާކާ ވިޓަމިން ބޭސް ގުޅަ ކެއީ އެވެ. ނަމަވެސް އޭނާ މާބޮޑަށް ވާހަކަތެރެއަށް ހުސްވެފައިހުރެ ކާލެވުނީ އޭނާ ބޭނުންކުރަމުން ދިޔަ ފިރިމީހާގެ އެއާޕޮޑްގެ ވާތު ފަޅިކަން އެނގުނީ ފަހުންނެވެ.
އޭނާ ބުނެފައިވަނީ ބޭސް ކޭ ވަގުތުވެސް ދިރުވުމަށް އުނދަގޫކަން ފާހަގަވިކަމަށާއި ނަމަވެސް ގިނަ ފެނާއެއްކޮށް ދިރުވާލީ ވިޓަމިން ގުޅަ ފެނާ އެއްވެ ތަފާތު ބައްޓަމަކަށް ބަދަލުވެފައި އޮތީކަމަށް ހީކޮށްކަމަށެވެ.
ކެވުނީ އެއާޕޮޑްކަން އެނގުނީ އޭނާ ބޭސްކައިގެން އައުމުން އޭނާގެ އަތުގައި އޭރުވެސް ބޭސްގުޅަ އޮތުމުން އެކުވެރިޔާ ސުވާލުކުރުމުންނެވެ. އެކަން އެނގުމުން އޭނާވެސް ހައިރާންވި ކަމަށާއި އެއާޕޮޑް ކާލެވުނީ ކިހިނެއްބާއޭ ހިތަށް އެރިކަމަށް އޭނާ ބުނެފައި ވެއެވެ. ބާކާ އެނބުރި ގެއަށް ގޮސް ފިރިމީހާ ގާތު އެއާޕޮޑް ދިރުވާލެވުނު ވާހަކަ ބުނުމުން އޭނާގެ ފިރިމީހާ ވަނީ އެވާހަކަ އެއްވެސް މީހަކު ކައިރީ ނުދެއްކުމަށް ބުނެފަ އެވެ. ނަމަވެސް ބާކާ ނިންމީ މިވާހަކަ އޭނާގެ ޓިކްޓޮކް ފޮލޯވަރުންނާއި ހިއްސާކުރުމަށެވެ.
ފަހުން ބާކާ އެކަމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުން އެއާޕޮޑް އަމިއްލައަށް ހަށިގަނޑުން ބޭރުވާން ބޭއްވުމަށް ޑޮކްޓަރުވަނީ ލަފާ ދީފައެވެ. އަދި އޭގެ ބެޓަރީގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ނުވާނެކަމަށްވެސް ޑޮކްޓަރ ބުނެފައިވާކަމަށް އޭނާ ބުންޏެވެ.