ބާރުގެ ބޭނުންކޮށްގެން ޣައްޒާގައި ތިބި ރަހީނުން ސަލާމަތް ނުކުރެވޭނެ: އިސްރާއީލު އަސްކަރިއްޔާ

ޣައްޒާގައި ރަހީނުކޮށްފައި މިހާރު ތިބި ހުރިހާ އިސްރާއީލު މީހުން އަސްކަރީ އޮޕަަރޭޝަނެއް ހިންގައިގެން ސަލާމަަތް ނުކުރެވޭނެ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން އެއްބަަސްވެއްޖެ އެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއަލް ހަގާރީ، ފޮޓޯ: އޭއެފްޕީ

ޣައްޒާގައި ރަހީނުކޮށްފައި މިހާރު ތިބި ހުރިހާ އިސްރާއީލު މީހުން އަސްކަރީ އޮޕަަރޭޝަނެއް ހިންގައިގެން ސަލާމަަތް ނުކުރެވޭނެ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފި އެވެ. 

ރަފަހުގައި އިސްރާއީލު ސިފައިން ދަތުރުކުރި އުޅަނދަކަށް މުޖާހިދުން ދިން ހަމަލާއެއްގައި އޮފިސަރެއް ހިމެނޭހެން ސިފައިންގެ އަށް މީހަކު މަރުވި ގޮތް މާހިރުންގެ ޓީމަކުން ތަހުގީގު ކުރާނެ ކަމަށް އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއަލް ހަގާރީ ވިދާޅުވިއެވެ. 

ތެލް ސުލްތާން ކޭމްޕުގައި އިސްރާއީލުގެ އާމަރޑް ވެހިކަލަަކަށް އަމާޒުކޮށް ދިން ހަމަލާގައި އަށް ސިފައިން މަރުވިކަމަށް އެ ގައުމުން އެއްބަސްވީ އިއްޔެ އެވެ. 

އޮކްޓޮބަރު ހަވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމާގައި މިހާތަނަށް އެ ގައުމުގެ 658 ސިފައިން މަރުވެފައިވެ އެވެ. އެއިން 306 މީހުން މަރުވީ އެއްގަމު މަގުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމާގައި މުޖާހިދުންނާއި އިސްރާއީލު ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގަ އެވެ. 

ހަމާސްގެ އަސްކަރީ ގޮފިކަމަށްވާ ޤައްސާމް ބްރިގޭޑްސްއިން ބުނެފައިވަނީ އިސްރާއީލު ސިފައިން ދަތުރުކުރި ގާފިލާއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ބައެއް ސިފައިން މަރުވެ އަނެއްބައި ސިފައިންނަށް އަނިޔާވެފައިވާ ކަމަށެވެ. އެ ހަމަލާއަކީ އިސްރާއީލު ސިފައިން މަޅިއަކަށް ފައްތައިގެން ދިން ހަމަލާއެއް ނުވަތަ އެމްބުޝްއެކެވެ. 

އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި 37،300 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވެ އެވެ. ގިނައިން މަރުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 85،200 އަށްވުރެ ގިނަ މީހުންނަށް އިސްރާއީލު ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވެ އެވެ. 

އިސްރާއީލުގެ އުދުވާނަށް އަށް މަހަށްވުރެ ގިނަ ދުވަސްވީއިރު ޣައްޒާގެ ބޮޑު ބައެއްވަނީ ސުންނާފަތިކޮށްލާފަ އެވެ. އަދި ހުރިހާ ދިމާލަކުން ޣައްޒާ ހިސޯރުކޮށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ސާފު ބޯފެނާއި ކާނާއާއި ބޭސް ލިބުން ދަތިވެ، ޣައްޒާގެ އާންމުންވަނީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރެއަށް ޣަރަގުވެފަ އެވެ. 

އިސްރާއީލުން ޣައްޒާގައި ނަަސްލު ނައްތައިލުމުގެ ޖަރީމާއެއް ހިންގާކަމަށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓުގައިވަނީ ތުހުމަތުވެފަ އެވެ. އެ ކޯޓުން އެންމެ ފަހުން ކުރި އަމުރުގައި އިސްރާއީލުން ރަފަޙުގައި ހިންގަމުން އަންނަ ހަނގުރާމައިގެ އޮޕަރޭޝަން ހުއްޓައިލުމަށްވަނީ އަމުރުކޮށްފަ އެވެ. 

މޭ ހަވަނަ ދުވަހު އިސްރާއީލުން ރަފަހަށް އެރުމުގެ ކުރިން ހަނގުރާމައިގެ ސަބަބުން ގެދޮރުން ބޭރުވަންޖެހުނު މިލިއަނެއްހައި ފަލަސްތީނު ރައްޔިތުން ހިޔާވެހިކަން ހޯދާފައިވަނީ އެ ސަރަހައްދުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.