ކުރިއަށް އޮތް ފަސް ދުވަހު ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ރާއްޖޭގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވެފައި: ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި -- ފޮޓޯ: ދަ މިރާ

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ރާއްޖޭގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މެޓު އޮފީހުން އިތުރަށް ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގައި އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އޭގެ އިތުރަށް ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް އެ އޮފީހުން ލަފާކުރެ އެވެ. 

އަދި މެޓު އޮފީހުން ލަފާކުރާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35-40 މޭލަށް ވައިގަދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. 

އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ، އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3-7 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.