ތިން ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިއްޖެ

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށުނީ މިއަދު މެންދުރު 14:00 ގައެވެ. ވޯޓުލުން ނިންމައިލާނީ ރޭގަނޑު 8:00 ގައެވެ.

އިންތިހާބެއް ގައި މީހަކު ވޯޓު ލަނީ: ކައުންސިލްތަކުގެ ބައި-އިލެކްޝަން ޖުލައި 20 ގައި ބާއްވަން ވަނީ ނިންމާފައި

ތިން ރަށެއްގައި މިއަދު ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށިއްޖެ އެވެ. 

މިއަދު ވޯޓުލުން ބާއްވަނީ ދ.ކުޑަހުވަދޫއާއި، ލ.ގަމާއި، މ.މުލަކުގަ އެވެ. މި ބައި-އިލެކްޝަންތަކަކީ އެ ރަށްރަށުގެ ކައުންސިލުތަކުން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކެވެ. 

މިއަދުގެ ބައި-އިލެކްޝަންތަކުގެ ތަފުސީލު

  •  ދ.ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރާ ބައި-އިލެކްޝަން
  •  ލ.ގަމު ކައުންސިލަށް މެންބަރަކު އިންތިހާބުކުރާ ބައި-އިލެކްޝަން
  •  މ.މުލަކު ކައުންސިލުގެ އަންހެން މެންބަރު އިންތިހާބުކުރާ ބައި-އިލެކްޝަން

މިއަދު ބާއްވަމުންދާ ބައި-އިލެކްޝަންތައް ބޭއްވުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މި މަހުގެ ފަނަރަވަނަ ދުވަހެވެ. ނަމަވެސް ސައުދީ އަރަބިއްޔާއަށް ހައްޖު މަހުގެ ހަނދު ފެނި، 15 ޖޫންއަކީ މި އަހަރުގެ ހައްޖު ދުވަސްކަމަށް ކަނޑައެޅުމުން އިންތިހާބު އަވަސްކުރީއެވެ. 

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށުނީ މިއަދު މެންދުރު 14:00 ގައެވެ. ވޯޓުލުން ނިންމައިލާނީ ރޭގަނޑު 8:00 ގައެވެ. 

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.