މި އަހަރު 105 ރަށެއްގެ ކައުންސިލު އިމާރާތުގެ މަސައްކަތް ކުރާނެ

ބަޖެޓުގައި ކައުންސިލު އިމާރާތް އެޅުމަށް 2023 އަދި 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބައެއް ރަށްތަކުގައި އެ މަސައްކަތް ދެން ނުހިނގާނެކަމަށް ގަބޫލުކުރެވިގެން އާންމުންވަނީ ފާޑުކިޔާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގޫދޫ ކައުންސިލާއި ޑަބްލިޔުޑީސީއާ ބައްދަލު ކުރައްވަނީ

މި އަހަރު ސަރުކާރުން 105 ރަށެއްގެ ކައުންސިލު އިމާރާތް އެޅުމުގެ މަސައްކަތް ކުރާނެކަން ސިޓީތަކާއި ލޯކަލް ކައުންސިލުތަކާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ. 

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބޭރުން އެންމެ ބޮޑަށް ވީރާނާވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލުތަކަށް އިސްކަންދީގެން 50 ކައުންސިލެއްގެ އިމާރާތް އެޅުމަށް ފަށާ މަޝްރޫއު ހިންގާނެ ރަށްތައް ކަނޑައެޅުމާ ގުޅިގެން ބައެއް އާންމުންނަށް އޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގަ އެވެ. 

ހުރިހާ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކައުންސިލުތަކަށް ދިމާވެފައިވާ އިމާރާތުގެ ދަަތިކަމާއި ބާވެ ވީރާނާވެފައިވާ ކައުންސިލުތަކުގެ އިމާރާތްތައް ގިނަކަން ފާހަގަކުރެއްވި އެކަން ހައްލުކުރެއްވުމުގެ ގޮތުން ޕީއެސްއައިޕީ ހަރަދުތަކުގެ ބޭރުން 50 ރަށެއްގައި ކައުންސިލު އިމާރަތް އަޅުއްވަަން އެމަނިކުފާނުވަނީ އިއުލާނުކުރައްވާފައެވެ. 

ކައުންސިލު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓު، ފޮޓޯ: އެކްސް

އެ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތް އަޅާނެ 50 ރަށް މިއަދު ސިޓީތަކާއި ލޯކަލް ކައުންސިލުތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އާންމުކުރުމާއެކު، ބަޖެޓުގައި ކައުންސިލު އިމާރާތް އެޅުމަށް 2023 އަދި 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބައެއް ރަށްތަކުގައި އެ މަސައްކަތް ދެން ނުހިނގާނެކަމަށް ގަބޫލުކުރެވިގެން އާންމުންވަނީ ފާޑުކިޔާފަ އެވެ. 

މިކަމާ ގުޅިގެން މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިއުލާނު ކުރައްވާފައިވާ 50 ކައުންސިލު އިމާރާތުގެ މަޝްރޫއުގެ އިތުރަށް، ޕީއެސްއައިޕީގައި ހިމަނައިގެން ކައުންސިލު އިމާރާތް އެޅުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު ބަޖެޓުގައި ހިމެނިގެން އެލްޖީއޭއިން މިހާރުވެސް 26 ރަށެއްގެ ކައުންސިލު އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.  އެ 26 ރަށުގެ އިތުރަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން އިތުރު 29 ރަށެއްގައި ކައުންސިލު އިމާރާތް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. 

ފަންސާސް ކައުންސިލު އިމާރާތުގެ މަޝްރޫއު ހިންގުމަށް ކަނޑައެޅި ރަށްތައް އިއްޔެ އިއުލާނުކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި 50 ރަށުގެ ތެރޭގައި ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކައުންސިލު އިމާރާތް އެޅުމަށް 2023 އަދި 2024 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ރަށްތައް ނުހިމެނޭނެ ކަމަށެވެ،

ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކައުންސިލު އިމާރާތް އަޅަން ހަމަޖެހިފައިވާ 55 ރަށާއި، ރައީސް އިއުލާނުކުރެއްވި 50 އިމާރާތުގެ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތް އަޅާ 50 ރަށާއެކު ޖުމްލަ 105 ރަށެއްގައި ކައުންސިލު އިމާރާތް އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.