އެސްޓީއޯއިން ގެންނަނީ ޔޫރޯ ފޯރި؛ ބޮޑެތި ޑިސްކައުންޓާއި ނަތީޖާ ދިމާކުރުމުން ހަދިޔާ

އެސްޓީއޯ ޔޫރޯ ފޯރި ފެށުން، ފޮޓޯ: އެސްޓީއޯ

ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅިގެން ދައުލަތުގެ އެންމެ ބޮޑު ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބޮޑު ޕްރޮމޯޝަނެއް ބާއްވަން އިއުލާނުކޮށްފި އެވެ. 

އެސްޓީއޯއިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެސްޓީއޯ ޔޫރޯ ފޯރި 2024 ގެ ނަމުގައި އެ ކުންފުނިން ހިންގާ ޕްރޮމޯޝަން ކުރިއަށްދާނީ 13 ޖޫންއިން ފެށިގެން 14 ޖުލައިއާ ހަމައަށެވެ. މި ޕްރޮމޯޝަން ކުރިއަށްދަޏީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭ ރަށްރަށުގައި ހިންގާ އެ ކުންފުނީގެ ފިހާރަތަކުގަ އެވެ. 

ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް, އަދި ހެޑްފޯނާއި ބްކްސްލައިޓް ބްރޭންޑުގެ ޕްރޮޖެކްޓަރު ހިމެނޭ ގޮތަށް ހިންގާ މި ޕްރޮމޯޝަނުގައި %15 އާ ހަމައަށް ޑިސްކައުންޓު ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. 

މި ޕްރޮމޯޝަނުގައި އޭގެ އިތުރަށް ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ލިބޭ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވައިލެވޭ އެކަކަށް އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ ލިބޭނެ ކަމުގައި އެސްޓޯއީ ބުނެ އެވެ. 

މި ޕްރޮމޯޝަނުގެ އިތުރަށް ޔޫރޯގެ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އިނާމު ހާސިލުކުރުމުގެ ފުރުސަތުވެސް އެ ކުންފުނިން ހުޅުވާލާފައިވެ އެވެ. އެގޮތުން ގުރޫޕު ސްޓޭޖުގައި އެންމެ ގިނަ މެޗުގެ ނަތީޖާ ދިމާކޮށްގެން އެންމެ ގިނަ ޕޮއިންޓު ހޯދާ މީހަކަށް ހޯމް ތިއޭޓާ ސިސްޓަމެއް ލިބޭނެ އެވެ. 

ދެވަނަ ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ މީހަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ލިބޭއިރު، ކުއާޓާ ފައިނަލުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ މީހަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ލިބޭނެ އެވެ. ފައިނަލުގެ ނަތީޖާ ދިމާކުރާ މީހަކަށް 65 އިންޗީގެ ޓީވީއެއް އެސްޓީއޯއިން ހުށަހަޅާފައިވެ އެވެ. 

މެޗުތަކުގެ ނަތީޖާ ދިމާކުރާ މީހުންގެ ތެރެއިން ކޮންމެ ބުރެއްގައި ޕޮއިންޓުގެ ގޮތުން އެއްވަރުވާ މީހުންގެ ތެރެއިން އިނާމު ލިބޭނެ މީހާ ހޮވާނީ ގުރުއަތު ނަގައިގެންނެވެ. 

އަންނަ ހޮނިހިރު ދުވަހުގައި ފަށާ ޔޫރޯ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި މަަހުގެ 15 ވަނަ ދުވަހު އެވެ. ޔޫރޯއަކީ ވޯލްޑް ކަޕް ފިޔަވައި އެންމެ ގިނަ ބަޔަކު ބަލާ ފުޓުބޯޅަ މުބާރާތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.