ނަދީމްގެ މަރު: މަފާޒް ބަންދު ކުރަން އަމުރުކޮށްފި

އަދި، މަފާޒުގެ ގިނަ ކުށުގެ ރެކޯޑް އޮތް ކަމަށް ފާހަގަކޮށްފައިވެ އެވެ. އޭނާއަކީ ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށްވާތީ، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.

ނަދީމް މަރާލިކަމުގެ ތުހުމަތު އޮތް މަފާޒް: އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން ވަނީ އަމުރުކޮށްފައި --

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މާރާލުމުގެ ދައުވާއިން ސަލާމަތްވެފައިވާ ގ. ޝާރާޒް މުހައްމަދު މަފާޒު ބަންދު ކުރަން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ނަދީމް މަރާލުމުގެ ތުހުމަތު މަފާޒްގެ މައްޗަށް އޮތްއިރު، ނަދީމް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒެވެ. މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 14، 2022 ގައެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް ދައުލަތުން ވަނީ އިސްތިއުނާފް ނިމެންދެން މި އެންމެން ބަންދުކޮށްދިނުމަށް އެދިފަ އެވެ. ދައުލަތުގެ ހުށަހެޅުމަށް ރިއާޔަތްކޮށް، ހައިކޯޓުން ކުރިން ނިންމާފައި ވަނީ އަލީ ނިފާޒް އެކަނި ބަންދު ކުރުމަށެވެ. އޭރު މަފާޒް ހުރީ މާރާމާރީގެ އެހެން މައްސަލައެއްގައި ބަންދުގަ އެވެ. ނަމަވެސް މާޗް މަހު މަފާޒް ދޫވުމާއެކު ދައުލަތުން ވަނީ މި މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އަނެއްކާ ވެސް އެދިފަ އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ ނަދީމް މަރާލިކަމުގެ ތުހުމަތު ކުރެވޭ މިންވަރަށް މަފާޒާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި، މަފާޒުގެ ގިނަ ކުށުގެ ރެކޯޑް އޮތް ކަމަށް ފާހަގަކޮށްފައިވެ އެވެ. އޭނާއަކީ ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށްވާތީ، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލެވޭ ކަމަށް އިސް ފަނޑިޔާއު ހުސައިން ޝަހީދު އިއްވި ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ދަށު ކޯޓުގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުރުމަށްފަހު މައްސަލަ ސާބިތު ނުވުމުން އޭނާ ހުރީ ބަންދުން ދޫކޮށްލާފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން، އެކި މައްސަލަތަކުގައި އޭނަ ހައްޔަރުކޮށް އަދި ބަންދު ކޮށްފައި ވެސް ވެއެވެ. ހައިކޯޓުން މިއަދު އިއްވި ހުކުމުގައި އެހުރިހާ މައްސަލައަކަށް ވެސް ރިއާޔަތްކޮށްފައިވެ އެވެ.

މަފާޒް ބަންދު ކުރަން ނިންމާފައިވާއިރު، ހައިކޯޓުގައި މިއަދު ވަނީ ނަދީމް މަރާލި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ވެސް ހުށަހަޅަން ފަށައިފަ އެވެ. ނުކުތާތައް ހުށަހަޅަމުން ދައުލަތުން ބުނެފައި ވަނީ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ބައެއް ހެކިތަކަށް ކްރިމިނަލް ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް ހެކިތަކާ ގުޅޭ ގޮތުން މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކަށް ވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އަދި، ނަދީމް މަރާލި ހާދިސާ ދުށް ދެ ސިއްރު ހެކިވެރިޔަކު ހެކިބަސް ދިން ފަހުން، އެ ހެކިންނަށް ނުފޫޒު ފޯރުވައިގެން އެމީހުންގެ ނަމުގައި ކޯޓަށް، ހެކިބަސް އަނބުރާ ގެންދިއުމަށް ސިޓީތަކެއް ފޮނުވާފައިވާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ. އެ ސިޓީތައް ފޮނުވާފައި ވަނީ މާލެތެރޭގައި މާރާމާރީތައް އިތުރުވެ، ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައި ވަނިކޮށް ކަމަށާއި، މިކަންކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނައި ނަމަވެސް، ގޮތް ނިންމިއިރު އެކަންކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ މިއަދުގެ އަޑުއެހުން ނިންމާލިއިރު ދައުލަތުގެ ހުށަހެޅުންތައް އަދި ނުނިމެ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އަނެއްކާ ވެސް ދައުލަތަށް ފުރުސަތު ދޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.