ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 4

މީކާލް ކޮޅަށް ތެދުވުމުން ލައިލާ ވެސް ކޮޅަށް ތެދުވިއެވެ. އަދި ވަރަށް ސިއްރުން ދެމީހުން އެއްކޮށް ލައިލާގެ ކޮޓަރިއަށް ވަނެވެ.

އެޕިސޯޑް – 4

މުޅި ކޮޓަރިތެރެއިން ފެންނަނީ ހަންހާރައިން ފުރިގެންވާ މަންޒަރެވެ. ދެމީހުންގެ މެދުގައިވާ ލޯބި އެދެމީހުން ދައްކަމުން ދިޔައީ އަމަލުންނެވެ. ކުއްލިއަކަށް ހުރެފައި ލައިލާއަށް ތެޅެ ގަނެވުނެވެ. މީކާލް ދުރުކޮށްލަމުންނެވެ. ލައިލާގެ ޙާލަތުގެ ގޮތުންނާ ވެސް އެކުގައެވެ. ހުރިހާ ކަމެއް ކުރުން އެއީ ނުވާނެ ކަމެއް ކަމުގައި ބަލައިގެންނެވެ.

"ދެން ހެޔޮ... ބައްޕަ ވެސް އަންނަން އުޅޭނެ.. ދެން ދޭ ގެއަށް..."

ލައިލާ ވަރަށް އަވަހަށް ހެދުން ހެޔޮވަރު ކޮށްލަމުން މީކާލްއަށް ބަލާލިއެވެ. މީކާލްގެ ތުންފަތުން ފެންނަނީ ލާނެއް ފާޑެއްގެ ލުއި ހިނިތުންވުމެކެވެ. މީކާލް ހެމުން ހެމުން ކޮޓަރިން ނުކުތެވެ.

"ސާބަަސް! ކޮން ކަމަކާ މިހާރު ތި ހެނީ؟" 

ލައިލާ ރުޅި އަންނަކަން ދައްކާލަމުން އަހައިލިއެވެ.

"ހެހެ! އަޅެ ކިހިނެއް ހިނި ނާންނާނީ؟ ބޭބީ އުޅޭ ގޮތުން.. ހިނި އަންނާނެ ދޯ؟" 

ލައިލާއަށް ދިމާކޮށްލުމުގެ ގޮތުން މީކާލް ބުނެލިއެވެ.

"ދެން ހެޔޮ.. ފޫހި.." 

ލައިލާ ތުންދަމާލިއެވެ. މީކާލް ލައިލާގެ ކޮލަށް ބޮސް ދިނުމަށްފަހު އެގެއިން ނުކުމެގެން ދިޔައެވެ. ލައިލާ ހިނގައިގަތީ ބަދިގެ ފަރާތަށެވެ.

"މަންމާ.." 

ލައިލާއަށް އެންމެ ފުރަތަމަ ވެސް އަޅައިގަތީ މުނީރާގެ މޫނެވެ. އެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ލައިލާ ވަރަށް ނޫން ކަމަށް ހަދާފައި މުނީރާގެ ގާތުގައި އިށީންނެވެ.

"މަންމަ އެއްވެސް ގޮތަކަށް ބޭނުމެއް ނޫން ދަރިފުޅު ތިހެން އުޅެން.." 

މޫނީރާ ވާހަކަދެއްކީ ހިތްހަމަ ނުޖެހޭ ރާގެއްގައެވެ. ލައިލާ ފުން ނޭވާއެއް ލިއެވެ.

"އަސްލު ވެސް ދަރިފުޅާ! ތީ ރަނގަޅު ގޮތެއް ނޫން.. ދަރިފުޅު ތީ މަންމަމެން ވަރަށް ބޮޑެތި ޤުރުބާނީ ތަކެއް ވެގެން ބަލާ ބޮޑު ކުރި ދަރިއެއް.. ތި ކުރެވެނީ ހަރާން ކަމެއް.." 

މުނީރާ އިނީ ކޮންމެ ވެސް ވަރަކަށް ރުޅި އަތުވެފައެވެ. އެއީ އެ ދެމީހުން ކޮޓަރިއަށް ވަތްކަން އެނގުމާ އެކުގައެވެ.

"އަޅެ މަންމާ.. އަހަރެން ނުކުރަމޭ ގޯސް ކަމެއް.." ލައިލާ ބުނެލިއެވެ. މުނިރާގެ އަތުގައި ހިފައިލަމުންނެވެ.

"ހުސް ދޮގު... އެހެން ނޫނަސް.. ހިލޭ ފިރިހެނަކާ އެކު، ތިހެން އުޅުން އެއީ ހަރާން ކަމެކޭ ދަރިފުޅާ! އެއީ އިސްލާމް ދީނުގަ ބޮޑު ފާފައެއް. ކޮންގެން ވާނެ ކަމެއް ނޫން އެއްވެސް ޙާލެއްގަ.." މުނީރާ ބަލަން އިނީ ލައިލާގެ ސީދާ މޫނަށެވެ.

"އަހަރެން އިންނަންށޭ މި އުޅެނީ.." 

އެންމެ ފަހުން ލައިލާ ބުނި ޖުމުލައިން މުނީރާގެ ދެލޯ ބޮޑުވިއެވެ. އަދި އިންތިހާއަށް ދެރަވިއެވެ. މުނީރާ އާއި ކާސިމް އެހާ ނުޤަބޫލު ކަމެއް ކުރަން ލައިލާ ނިންމީތީއެވެ.

"އެ ނޫން މީހެއް ދަރިފުޅަށް ނުލިބުނީތަ؟ މަންމަމެން މި ވަރަށް އޭނަ ރަނގަޅު ނޫން ވާހަކަ ބުނާ އިރު، ދަރިފުޅު ކީއްވެ މަންމަމެންގެ ބަހާ ދެކޮޅަށް ތިކަން ކުރަން ތި އުޅެނީ؟" 

މުނީރާ ވާހަކަދެއްކީ ހިތާމަވެރި ރާގެއްގައެވެ. މުނީރާގެ އަޑުން އޭނާއަށް ކޮށްފައިވާ އަސަރު ލައިލާއަށް އިޙްސާސް ވިއެވެ. ލައިލާ ވަރަށް މަޑުން މުނީރާގެ ކޮނޑުގައި އޭނާގެ ކަނާއަތް ބާއްވާލިއެވެ.

"މަންމާ.. ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް.. މަތިވެރި ގުޅުމެއް. އެއީ ލޯބިން ދެ ހިތެއް ވެވޭ އަގުމާތް ގުޅުމެއް... އަހަރެން ކުރިން ވެސް ބުނިން ދޯ؟ މީކާލް އަކީ މަންމަމެން ތި ހީކުރާހާ ކަހަލަ ނުބައި މީހެއް ނޫނޭ.. އޭނަ އަހަންނަށް ވަރަށް ރަނގަޅު.. އަހަރެން ބުނާ ގޮތެއް ހަދާ.. އަދި މަންމަމެން މީކާލް އަށް އެހާ އޯކޭ ނޫން އިރު ވެސް، އޭނާ މަންމަމެންނަށް ވެސް ވަރަށް ރެސްޕެކްޓް ކުރޭ.. މަންމަމެން ދެކެ ވަރަށް ލޯބިވޭ. އެއްވެސް ޙާލެއްގަ މީކާލް އަހަރެން ދެރަވެފަ ހުންނާކަށް ބޭނުމެއް ނުވޭ.. އަހަރެން ހިތްހަމަނުޖެހިފަ ހުރިއްޔާ، މީކާލްއަށް ވަރަށް އުނދަގޫވޭ.. އަބަދުވެސް އަހަރެން އުފަލުގަ ބަހައްޓަން މީކާލް މަސައްކަތް ކޮށްދޭ.. އަބަދުވެސް މީކާލް ބޭނުން ވާނީ އަހަރެންގެ ތުންފަތުން ހިނިތުންވުން ފެންނަން.. މަންމާ... އަހަރެން ވަރަށް ދެރަވޭ.. ވަރަށް ބޮޑަށް ދެރަވޭ.. މަންމަމެން މި ގުޅުމަށް އޯކޭ ނުވާތީ.. އެކަމު މަންމާ.. އަހަރެންގެ ދިރއުޅުން ދޯ މީ؟ އަހަރެންނަށް އުފަލުގަ އުޅެވޭނީ މީކާލްއާ އެކުގަ.. އަހަރެން މީކާލް ދެކެ ވަރަށް ލޯބިވޭ މަންމާ.. އަހަރެން ... އަހަރެންނަށް މީކާލްއާ އެކުގަ އުޅުނަ ދީ.. އަހަރެން ބޭނުން މީކާލްއާ ކައިވެނި ކުރަން.."

ލައިލާގެ ދެލޯ ފެންކަޅި ވެއްޖެއެވެ. މުނީރާ ވަރަށް އަވަސްކޮށް ލައިލާގެ ދެލޯ ފޮހެލަދިނެވެ. "ނުރޯށޭ" ބުނަމުންނެވެ. ހަޤީޤަތުގައި މުނީރާ ހުރީ ސަހަރޯ ހީވެފައެވެ. ލައިލާގެ ހިތުގައި މީކާލް ކަހަލަ މީހަކަށްޓަކާ އެފަދަ ވަރުގަދަ ގުޅުމެއް އުފެދުނީތީއެވެ. މީކާލްގެ ފަރާތުން ލައިލާއަށް ފެނުނީ ކޯއްޗެއްބާއޭ ވެސް މޫނިރާގެ ހިތަށް އެރިއެވެ. ލައިލާގެ ބޮލުގައި ފިރުމަމުން މުނީރާ ގެންދިޔައެވެ.

"ކިހިނެއްވީ؟" 

ދެމައިންނަށް އެއްކޮށް ސިހިފައި ބަލައިލެވުނީ ކުރިމައްޗަށެވެ. އެވަގުތު ލައިލާ އާއި މުނީރާގެ ކުރިމަތީގައި ހުރީ ކާސިމެވެ. ލައިލާ ވަރަށް އަވަސްކޮށް ދެލޮލުން ކަރުނަ ފޮހެލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކާސިމަށް ވީގޮތް ކިޔާ ދިނީ މުނީރާއެވެ.

"އޭނ! ކީކޭ؟ އިންނަނީ އޭ؟" ލައިލާ އާއި މީކާލްގެ ކައިވެނީގެ ޚަބަރުން ކާސިމަށް ލިބުނީ ހައިރާން ކަމެވެ. ރުޅިވެސް އައެވެ. ނަމަވެސް ލައިލާ އެވަރަށް ރުއިފަ ހުރުމުން، އައި ރުޅި ކާސިމް ކޮންޓްރޯލް ކޮށްލީއެވެ.

"އަހަރެން އަންނާނަން ފެންވަރާލައިގެން.." 

ކާސިމް ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ. ފާޚާނާއަށް ވަދެވުމާ އެކުގައި ކާސިމް ލުއިކޮށް ހިނިތުން ވެލިއެވެ.

"ބާކީ އިނީ އެންމެ 2 ދުވަސް.." ނުލަފާ ގޮތަކަށް ހީނލަމުން، ކާސިމް އޭނާގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލިއެވެ. (ނުނިމޭ) 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.