މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ އަކީ މަތިންދާބޯޓު ދުއްވަން އެދޭ ނަމަ ތަޖުރިބާކޮށްލަން ރަނގަޅު ގޭމެކެވެ. މިއީ އެކަމަކު ވީޑިއޯ ގޭމަކަށް ވުރެ ވެސް ކެރިއާއެއް އިޚުތިޔާރުކުރަން ވެސް އެހީތެރިވެދޭ އެޕްލިކޭޝަނެކެވެ. މަތިންދާބޯޓައި އަދި ދުނިޔޭގެ ވަރަށް ގިނަ އެއާޕޯޓްތަކާ ބެހޭ މައުލޫމާތު ވެސް ލިއްބައިދެ އެވެ.
މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާއަށް ވަރަށް ފަހުން އަޕްޑޭޓްތަކެއް ވަނީ ގެނެސްފަ އެވެ. މައިގަނޑު ގޮތެއްގައި ފްލައިޓް ސިމިއުލޭޓާއަށް ގެންނަ އަޕްޑޭޓްތައް އޮންނަނީ ދެ ބަޔަކަށް ބަހާފަ އެވެ. އެއީ ސޮފްޓްވެއާ އަޕްޑޭޓާއި ސީން އަޕްޑޭޓް އެވެ.
މަތިންދާބޯޓް ދުއްވަން ދަސްކުރަން އެދޭ ކުދިން -- ޕައިލެޓްކަން ދަސްކުރާ ކުދިންގެ މެދުގައި ވެސް މައިކްރޮސޮފްޓް ސިމިއުލޭޓާ ވަރަށް މަޝްހޫރެވެ. ޕައިލެޓަކަށް ވާން އެދޭ ނަމަ މައިކްރޮސޮފްޓް ސިމިއުލޭޓާ ކުޅެން ބައެއް ކުދިންނަށް މަޝްހޫރު ޕައިލެޓުން އިރުޝާދުދޭ ކަމަށް ވެސް ވެ އެވެ.
ޕައިލެޓުން އިރުޝާދުދޭ ސަބަބަކީ މަތިންދާބޯޓުތަކުގެ މޮޑެލްތަކަށް ފަރިތަވުމަށާއި އެ ދާއިރާގައި ބޭނުންކުރާ ބައެއް ނަންތަކާއި މަތިންދާބޯޓުގެ ބައިތަކަށް ކިޔާ ނަންތައް ދަސްކުރުމަށެވެ.
މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާއާށް މިފަހުން ގެނައި ކުރިންއެރުންތައް -- ސީން އަޕްޑޭޓެއް ގޮތުގައި ކެނެޑާ ވަނީ ހިމަނާފަ އެވެ. މި އަޕްޑޭޓާ އެކު މަތިންދާބޯޓު ދުއްވާފައި ދާއިރު ހީވަނީ ކެނެޑާގެ އަވަށެއްގެ މަތިން ދާހެންނެވެ.
ކެނެޑާގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ސިފަކޮށްފައި ހުރި މަންޒަރުތައް މި ގޭމަށް ލޯބިކުރާ މީހުންނަށް ވަނީ ބޮޑު އުފަލަކަށް ވެފަ އެވެ. ގޭމް ކޮންޓްރޯލްތަކަށް ގެނެސްފައި ހުރި ފަސޭހަތަކަށް ވުރެ ބޮޑަށް މީހުން ދައްކަނީ މަންޒަރުތައް ރީތީވާހަކަ އެވެ.
މި ފަހަރު ސިމިއުލޭޓާއަށް ގެނެފައި ހުރި އަޕްޑޭޓްތައް ރިވިއުކޮށްފައި ހުރީ ވެސް ކެނެޑާގެ މަންޒަރުތައް ރީތި ކަމަށް ބުނެ ކަނޑާފައި ހުރި ފޮނިންނެވެ.
ކެނެޑާގެ މުސްކުޅި ގެތަކާއި އައިސް ފަރުބަދަތަކުގެ މަތިން ދާއިރު ހީވަނީ އެއިން ތަނެއްގައި ބޯޓު ބީހިދާނެހެންނެވެ. ބޯޓުގެ އެލާޓްތަކަށް ސަމާލުވުމަށް ވުރެ މަންޒަރުތަކަށް ބަލަން ކުޅުންތެރިން ތިބީ ކެތްމަދުވެފަ އެވެ.
ކެނެޑާއިން ބޯޓު ނައްޓާލާ ނަމަ އިޚުތިޔާޜު ކުރަން ފަސް އެއާޕޯޓެއް އިޚުތިޔާރުކުރަން ލިބެ އެވެ. މި ފަހަރުގެ އަޕްޑޭޓާ އެކު މަތިންދާބޯޓު ދުއްވަން ދަސްކުރުމަށް ވުރެ މަންޒަރު ބަލަން މަޖަލަށް ބުރުޖެހުމަށް ވަނީ ވެފަ އެވެ.
މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ އަޕްޑޭޓް މިފަހަރު ވެސް ވިންޑޯޒްއަށާއި އެކްސްބޮކްސް ސީރިޒަށް -- ޕީސީ ގޭމް ޕާސް އަދި އެކްސްބޮކްސް ކްލައުޑަށް މުޅިން ހިލޭ ލިބެ އެވެ. ރެޖިސްޓާޑް އެންޑް ޕެއިޑް ޔޫޒާސްއަށް ވަރަށް ސާފު މަންޒަރުތައް ފެންނާނެ އެވެ.