ފަލަސްތީނަށް އެހީވާން ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ

"އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒިފުން ސާބިތުކަމާއެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު،" ސްޓެލްކޯ އިން ކުރި ޕޯސްޓެއް ގައި ބުނެފައިވެ އެވެ.

ފަލަސްތީނަށް އެހީވާން ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ ވަނީ ދީފައި

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމުގެ ދަށުން ޕީއެސްއެމްއިން ކުރިއަށް ގެންދާ ޓެލެތޯނަށް ކަަރަންޓް ކުންފުނި -- ސްޓްލެކޯ އިން ބޮޑު އެހީއެއް ދީފި އެވެ.

ސްޓެލްކޯ އިން ބުނީ ފަލަސްތީނަށް އެހީ ހޯދަން ކުރިއަށް ގެންދާ ޓެލެތޯނަށް ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.

އަދި ބުނީ ކުންފުނީގެ އިސްވެރީންނާއި މުވައްޒިފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީސް ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި އަދަދުތަކުން ފައިސާގެ އެހީތެރިކަން ދެމުން ކަމަށެވެ.

"އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒިފުން ސާބިތުކަމާއެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު،" ސްޓެލްކޯ އިން ކުރި ޕޯސްޓެއް ގައި ބުނެފައިވެ އެވެ.

ފަލަސްތީނަށް އެހީވާން ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ ވަނީ ދީފައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މި ޓެލެތޯން ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށެވެ. މި ޓެލެތޯން މިއަދު ފައްޓަވައިދެއްވީ އެމަނިކުފާނާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

މިހާތަނަށް ޓެލެތޯނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ފަލަސްތީނަށް އެހީވުމުގައި ދިވެހީންނަކީ އަބަދުވެސް ވަރަށް ނަމޫނާ ބައެކެވެ. ދިވެހީންގެ ހިތާއި އެންމެ ބޮޑަށް ގުޅިފައިވާ މައްސަލަ އަކީ ފަލަސްތީނުގެ މައްސަލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.