އިޒރޭލާއި ހިޒްބުﷲ އިން ވަރުގަދައަށް ހަމަލާތައް ބަދަލު ކޮށްފި

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ހިޒްބުالله އިން ވަނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލާއި ހިޒުބްﷲ ޖަމާއަތާ ދެމެދުގައި ހަމަލާތައް ދަނީ ވަރުގަދައަށް ބަދަލު ކުރަމުން

މިދިޔަ އަންގާރަ ދުވަހު ލުބުނާނުގެ ދެކުނުގައި އޮންނަ ނަކޫރާ އަވަށުގައި ހުރި ސައިކަލަކަށް އަމާޒުކޮށް އިސްރާއީލުގެ ކޮމްބެޓް ޑްރޯނަކުން ހަމަލާދީ ސައިކަލު ދުއްވަންއިން މީހާ ވަނީ މަރާލާފަ އެވެ. ފަހުން އެނގުނު ގޮތުގައި މަރާލި އެ މީހާއަކީ ދެކުނު ލުބްނާން ވޯޓާ އެސްޓަބްލިޝްމަންޓުގެ މުވައްޒަފެއް ކަމަށްވާ ސާލިހް އަހްމަދު މެހެދީ، ކިޔާ މީހެކެވެ.

މި ހަމަލާ ދީފައި ވަނީ ސީރިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ލުބުނާނުގެ އިރު އުތުރުގެ ހަރްމެލް ޑިސްޓްރިކްޓްގެ ހައުޝް އަލް ސައްޔިދު އަލީ ސަރަހައްދަށް އިސްރާއީލުގެ ހަނގުރާންމަތީ މަތިންދާބޯޓުތަކުން ހަމަލާދިންތާ ގަޑިއިރުތަކެއް ފަހުންނެވެ. އެ ސަރަހައްދަކީ ސީރިއާގެ އަލްގުސައިރު ކައިރީގައި އޮންނަ ސަރަހައްދަކަށް ވާއިރު، ވައިގެ ހަ ހަމަލާއެއްގައި ހިޒްބުالله އަށް ނިސްބަތްވާ ތެޔޮ ޓޭންކަރުތަކުގެ ގާފިލާއަކާއި ފެސިލިޓީއެއް ވަނީ ހަލާކު ކޮށްލާފަ އެވެ.

ލުބުނާނުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި ހަމަލާ އަމާޒު ކޮށްފައިވާ ސަރަހައްދަކީ ލުބުނާނުގެ ހަރްމެލް ސަރަހައްދާއި ސީރިއާގެ އަލް-ކުސައިރު އަވަށާ ދެމެދު އޮންނަ ސަރަހައްދެކެވެ. އެއީ ލުބުނާނުގެ ދެކުނުގެ ބޯޑަރާ 143 ކިލޯމީޓަރަށް ވުރެ ދުރުގައި އޮންނަ ސަރަހައްދަކަށް ވާއިރު، މިއީ ލުބުނާނާއި ސީރިއާއާ ދެމެދު ވަގުފާރި އޮޕަރޭޝަންތައް ހިންގުމުގައި މަޝްހޫރު ސަރަހައްދެކެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހިޒްބުالله ގެ ތިން މެމްބަރަކު މަރާލާފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި މި ހަމަލާތަކުގައި ސީރިއާގެ އެތައް ބަޔަކު ވެސް ވަނީ މަރުވެފަ އެވެ. އަދި ހިޒްބުاللهގެ އިމާރާތެއް މުޅިން ހަލާކުވެ އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ދެކުނު ލުބުނާނަށް އިޒްރޭލުގެ ވައިގެ ހަމާތަކުގައި ބޮން އަޅާފައި

އިސްރާއީލުގެ ވައިގެ މި ހަމަލާތަކަށް ހިޒްބުالله އިން ރައްދު ދީފައި ވަނީ ލުބުނާނުގެ ދެކުނުން ގަލީލީ ޕެންހޭންޑަލް އާއި އަޕަ ގަލީލްއާ ދިމާލަށް 40 ރޮކެޓް ފޮނުވާލައިގެނެވެ. އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލިފާން ނިއްވާ ޓީމުތަކުން ދަނީ ދެކުނު ގޯލާން އާއި އަޕަ ގަލީލްގައި ރޮކެޓްގެ ސަބަބުން ރޯވެފައިވާ އަލިފާން ނިއްވަން މަސައްކަތް ކުރަމުން ކަމަށެވެ.

ހިޒްބުالله އިން ފަތިހު ހަމަލާތައް ދެމުން ގެންދިޔައީ ނަޓޫއާ އާބާދީ ކައިރީގައި އޮތް އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންގެ އެއްވުމަކަށެވެ. އެ އަމާޒަށް ސީދާ ހަމަލާދީ، އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވެ، ބައެއް މީހުން ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ ވިދާޅުވީ މި ހަމަލާތަކަކީ ލުބުނާނުގެ ވައިގެ ސަރަހައްދުގައި އިއްޔެ ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލުގެ ޑްރޯނެއް ހިޒްބުالله އިން ވައްޓާލުމާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ހިޒްބުالله އިން ވަނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.