އީދު ބަންދުގައި އެއް ދުވަހު ބޭންކުން ހިދުމަތް ލިބޭނެ

ގައުމީ ބޭންކް ބީއެމްއެލް

މި އަހަރުގެ އަޟްޙާ އީދު ބަންދުގައި އެއް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ކުންފުނީގެ ކަސްޓަރުންނަށް ހިދުމަތް ފޯރުކޮށްދޭނެ ކަމުގައި ބުނެފި އެވެ. 

"އެކްސް" ގައި ބީއެމްއެލްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ އަޟްޙާ އީދު ބަންދުގައި އެ ކުންފުނިން ހިދުމަތް ދިނުމަށް ނިންމާފައިވަނީ ޖުލައި 18 ވަނައަށްވާ އަންގާރަ ދުވަހު ކަމަށެވެ. އަދި ބޭންކުގެ ހުރިހާ ގޮފިތަކުންވެސް އެ ދުވަހު ހިދުމަތް ލިބޭނެ ކަމަށެވެ. 

ބޭންކުން ނިންމާފައިވަނީ 18 ވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން މެންދުރުފަހު ދޭކާ ދޭތެރޭ ބޭންކުގެ ހުރިހާ ގޮފިތަކެއް ހުޅުވުމަށެވެ. އަދި އެ ވަގުތުތަކުގައި ބޭންކުން ހިދުމަތް ފޯރުކޮށްދެމުން ދާނެ އެވެ. 

ބަންދުގެ ތެރޭގައި ބޭންކުގެ ގޮފިތަކުން ހިދުމަތް ނުލިބުނު ނަމަވެސް އޮންލައިންކޮށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާނެކަން ބޭންކުން ފާހަގަކޮށްފައިވެ އެވެ. 

އަޟްޙާ އީދާ ގުޅިގެން މި މަހުގެ ސޯޅަވަނަ ދުވަހުން ފެށިގެން ވިހިވަނަ ދުވަހާ ހަމައަށް ބަންދުކުރަން ސަރުކާރުން ނިންމާފައިވެ އެވެ. އަދި ސަރުކާރުގެ އިދާރާތައް އަލުން ހުޅުވަން ނިންމާފައިވަނީ އީދު ބަންދަށްފަހު މި މަހުގެ 23 ވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.