މުއިއްޒާއެކު ރަނގަޅު މަޝްވަރާތަކެއް ހިނގި: އިންޑިއާ

އިންޑިއާ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

ރައީސް މުއިއްޒާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އެކުގައި: ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާއެކު، ރަނގަޅު މަޝްވަރާތަކެއް ކުރެއްވިފައިވާ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރުގެ ކެބިނެޓުގައި އެސްޓާނަލް އެފެއާޒް / ފޮރިން މިނިސްޓަރުކަން ކުރައްވާ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅު ވެއްޖެ އެވެ. 

ބޮޑުވަޒީރު ކަމަށް ތިން ވަނަ ދައުރަކަށް މޯދީ އެކުލަވައިލި މިނިސްޓަރު ކަމުގެ ހުވާ ޖައިޝަންކަރު ވެސް  ވަނީ ކުރައްވާފަ އެވެ.

އޭގެ ފަހުން މިިނިސްޓަރު ޖައިޝަންކަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޭނާއަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވައި ވިދާޅުވީ، ކުރެވުނު މަޝްވަރާތަކާއި އަދި އޭނާ އަށް ލިބިފައިވާ ތަޖުރިބާއިން ރައީސް މުއިއްޒާއެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވި މަޝްވަރާ ކުރެއްވިފައިވާ ކަމަށެވެ. 

އަދި އޭނާ ވިދާޅުވީ އިންޑިއާގެ އުންމީދަކީ އަދި އެންމެ އިސްކަން ދީފައި އޮންނަނީ ކައިރި އަވަށްޓެރި ގައުމުތަކާއެކު އޮންނަ އެކުވެރި ގުޅުން ރަނގަޅަށް ބާއްވަން ކަމަށާއި އެކަން ޔަގީން ކުރައްވާ ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ ބޮޑުވަޒީރު މޯދީގެ ހާއްސަ ދައުވަތަކަށެވެ. މި ދަތުރުފުޅާއެކު، ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ދިވެހި އިންޑިއާގެ ގުޅުމުގެ އާ ދައުރެއް ވަނީ ފެށިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.