މި ދައުރުގައި 37 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ

މިއަދުގެ މަޖިލިސް ޖަލްސާ ފެށަމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން މިދައުރުގައި ހުށަހަޅާ ބިލްތަކުގެ ލިސްޓު ލިބިފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅާނެ 37 ބިލު ހިމެނޭ ލިސްޓު، މަޖިލިސް ރައީސްއަށް އަރުވައިފި އެވެ. 

މިއަދު މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ދައުރުގައި ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ގޮތުގައި 37 ބިލުގެ ލިސްޓެއް ލިބިފައިވާ ކަމަށެވެ. 

މި ލިސްޓުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި، އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދައުލަތުގެ ދަރަންޏާގުޅޭ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލާއި ބިމުގެ ބިލު ފަދަ މުހިންމު މަސައްކަތްތަކެއް އެބަހުއްޓެވެ. 

މި ދައުރުގައި ހުށަހަޅާނެ ބިލްތައް؛

  •  ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  •  ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު
  •  ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ބޯހިޔާވަހިކަމުގެ ބިލު
  •  ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
  •  އާބަން ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު
  •  ބިނާވެށި ޕްލޭންކުުރުމާއި ތަރައްގީކުރުމާ ހިންގުމުގެ ބިލު
  •  ބިމުގެ ބިލު
  •  ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
  •  ނަފްސާނީ ސިއްހަތު ބިލު
  •  ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
  •  ދައުލަތުގެ ދަރަންޏާގުޅޭ ބިލު
  •  ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  •  ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު
  •  ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ފޮރިން އިންވެސްޓްމަންޓު ބިލު
  •  މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
  •  ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  •  އިންޝުއަރެންސާބެހޭ ބިލު
  •  މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  މަސްތުވާތަކެއްޗާ ނެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
  •  ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
  •  ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  •  މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.