މަޖިލީސް ރައީސްގެ ތައުރީފު؛ ރައީސް ސާބިތުކޮށް ދެއްވީ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން

ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މިއަދު ސާބިތުކޮށް ދެއްވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވަނީ --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ސާބިތުކޮށް ދެއްވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަން ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ތައުރީފު ކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގަތުމާއި ހަމައަށް ރައީސް މުއިއްޒުގެ އިސް މުޝީރަކަށް ހުންނެވި އަބްދުއްރަހީމް މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ އިތުރު ދައުރަކަށް ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސާއި މޯދީ ބައްދަލު ކުރައްވާ ފޮޓޯއެއް ހިއްސާ ކުރެއްވުމަށް ފަހު އެވެ.

އިންޑިއާގެ ވަށައިގެން އޮތް އެކުވެރި ހުރިހާ ގައުމުތަކެއްގެ އެންމެ އިސްވެރީން މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގައި ބައިވެރިވެވަޑައިގެންނެވިއިރު މުޅި އިންޑިއާގެ ހުރިހާ ނޫސްތަކާއި މީޑިއާތަކުގައި އެންމެ ބޮޑު ސަމާލު ކަމެއް ލިބިވަޑައިގަތީ ރައީސް މުއިއްޒަށެވެ. ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަން އިންޑިއާގެ ބައެއް ނޫސްތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މިއަދު ސާބިތުކޮށް ދެއްވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމެވެ.

އިންޑިއާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރި ވަގުތުކޮޅަކީ ރައީސާއި މޯދީއާ ދެ ބޭފުޅުން ބައްދަލުވެ ވަޑައިގަންނަވާ ވަގުތުކޮޅެވެ. އެ ވަގުތުކޮޅަކީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްވަރު ބައްޓަން ވެގެން ދާނެ ގޮތުގެ ކޮންމެވެސް މިންވަރެއްގެ ތަސައްވުރެއް ކުރަހައިލެވޭނެ ވަގުތުކޮޅަކަށް ވާތީ އެވެ.

ބޮޑުވަޒީރު މޯދީ ހުވައި ކުރެއްވުމަށް ފަހު އެމަނިކުފާނު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް ހާއްސަ ފަރިއްކޮޅެއް ރޭ ބާއްވާފައިވެ އެވެ. އެ ރަސްމިއްޔާތުގެ ފޮޓޯތައް ރޭ މީޑިއާއަށް ފެންމަތިވިއިރު މޯދީގެ އެންމެ އަރިހުގައި އިންނެވީ ރައީސެވެ. ދެ ބޭފުޅުން ސަމާސާ ކުރައްވައި ވާހަކަފުޅު ދައްކަވާ މަންޒަރު ފެނުނެވެ.

އެ ރަސްމިއްޔާތަށް ފަހު، އެކި ގައުމުތަކުގެ ލީޑަރުންނާ މޯދީ ބައްދަލު ކުރެއްވި އެވެ. އެގޮތުން ރައީސް މުއިއްޒާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ. ރަސްމީ ބައްދަލު ވުމަކަށް ނުވި ނަމަވެސް ދެ ލީޑަރުން އެއް ތަނެއްގައި ބައްދަލު ވެވަޑައިގެން އެކީގައި ވަގުތުކޮޅެއް ހޭދަ ކުރެއްވީތީ އެ ވަގުތުކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.