ތިރިގޭގެ ނޭޝަނަލް އެސެމްބްލީގެ އިންތިޚާބުގެ ފުރަތަމަ ބުރު ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބުރު އޮންނާނީ ޖުލައި މަހުގެ 7 ވަނަ ދުވަހުކަމަށް މެކްރޮން ވަނީ ޤައުމާ މުޚާޠަބުކުރައްވައި ވިދާޅުވެފައެވެ.
ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްރޮން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވަން ނިންމަވައިފި އެވެ. ގާނޫނުހަދާ މަޖިލިސް އުވާލައްވައި، މި ޖޫން މަހުގެ 30 ވަނަ ދުވަހު ފަރަންސޭސިވިލާތުގައި އަވަސް އިންތިހބެއް ބޭއްވުމަށް ވެސް މެކްރޮން ނިންމަވައިފި އެވެ.
ތިރިގޭގެ ނޭޝަނަލް އެސެމްބްލީގެ އިންތިހާބުގެ ފުރަތަމަ ބުރު މި ޖޫން މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، ދެވަނަ ބުރު އޮންނާނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ކަމަށް މެކްރޮން ވަނީ ގައުމާ މުހާތަބު ކުރައްވައި ވިދާޅުވެފަ އެވެ.
އީޔޫގެ އިންތިހާބުގެ ނަތީޖާއަކީ ޔޫރަޕް ދިފާއުކުރާ ޕާޓީތަކަށް ރަނގަޅު ނަތީޖާއެއް ނޫންކަން ގަބޫލު ކުރައްވާ ކަމަށް މެކްރޮން ވިދާޅުވެ އެވެ. ފްރާންސްގައި ބޭއްވި އީޔޫގެ އިންތިހާބުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ނެޝަނަލް ރެލީ (އާރްއެން) ހިމެނޭ ގޮތަށް، ފްރާންސްގެ އިދިކޮޅު ޕާޓީތަކުން ގާތްގަނޑަކަށް 40 ޕަސެންޓް ވޯޓު ނަގައިފައި ވެއެވެ.
"ކޮންޒަވޭޓިވް ވިސްނުމުގެ (ފަރ-ރައިޓް) ޕާޓީތައް މުޅި ސަރަހައްދުގެ ހުރިހާ ތަނެއްގައި ވެސް ވަރުގަދަ ކުރަމުން އެބަދޭ. އެކަމުގެ ސަބަބުން އަޅުގަނޑަށް އަމިއްލައަށް އިސްތިއުފާ ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ. މެކްރޮން އިތުރަށް ވިދާޅުވީ މި ނިންމުމަކީ ސީރިއަސް އަދި އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އެއީ އިތުބާރު އޮތް، ގައުމާއި ރައްޔިތުންނަށް އަދި އަންނަން އޮތް ޖީލުތަކަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އުމުރުން 28 އަހަރުގެ ޖޯޑަން ބާޑެލާ އިސްކޮށް ހުންނަވާ އާރްއެންގެ ލިސްޓަށް 32.3 އިންސައްތައާއި 33 އިންސައްތައާ ދެމެދުގެ އަދަދަކަށް ވޯޓު ލިބިފައިވާއިރު، މެކްރޮންގެ ރެނެސަސް ޕާޓީ އިސްވެ ކުރިއަށް ގެންދާ އިއްތިހާދަށް ލިބިފައިވަނީ 14.8 އިންސައްތައާއި 15.2 އިންސައްތައާ ދެމެދުގެ އަދަދެކެވެ.
މެކްރޮން ރައީސް ކަމުގެ ދެ ދައުރު ހަމަވުމާއި ގުޅިގެން ފްރާންސްގައި 2027 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭއިރު، މި ނަތީޖާ އާއެކު އިދިކޮޅު މެރިން ލެ ޕެން އަށް އިންތިހާބު ކާމިޔާބު ކުރުމުގެ އެންމެ ރަނގަޅު ފުރުސަތު އޮތް ކަމަށް ތަޖުރިބާ ކާރުން ލަފާކުރެ އެވެ.