ސްޑޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުން މާދަމާ އިއުލާން ކުރާނެ

ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާތީ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިއުލާން ކުރި 500 ފުރުސަތަށްވުރެ ގިނަ ވާނެ އެވެ.

ޔުނިވާސިޓީން ގްރެޖްއޭޓްވި ދަރިވަރުންތަކެއް ފޮޓޯ ނަގަނީ: މާދަމާ ސުޓޫޑެންޓް ލޯނުގެ ޝަރުތު ލިސްޓް ހާމަ ކުރާނެ
  •  މާދަމާ ޝަކުވާއަށް ވެސް ހުޅުވާލާނެ
  •  ޝަކުވާއަށް އެއް ހަފުތާ ދޭނެ

ސަރުކާރުގެ ސްޓޫޑެންޓް ލޯނަށް ހޮވުނު ފަރާތްތަކުގެ ލިސްޓް މާދަމާ އިއުލާން ކުރާން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރީން މިއަހަރު ލޯނަށް ކުރިމަތިލީ 1709 ފަރާތްތަކުންނެވެ. އެ މިނިސްޓަރީން  ބުނީ އޭގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް އިއުލާން ކުރާއިރު ހޮވޭ ދަރިވަރުންނަށް އެކަން، މިނިސްޓްރީގެ ޕޯޓަލުން އެކަން އެނގޭނެ ކަމަށެވެ.

އަދި ބުނީ އެޕްލިކޭޝަންގެ "ސްޓޭޓަސް" ޕޯޓަލްގައި ބަދަލުވެއްޖެކަން މެސެޖަކުން ވެސް އަންގާނެ ކަމަށާއި ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި އޭގެ ސަބަބު ވެސް މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖައްސާފައި އޮންނާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އިތުރު ސުވާލެއް އުފެދޭނަމަ، އެކަން ބަޔާންކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް މާދަމާ ހުޅުވާ ލެވޭނެ ކަމަށާއި ޝަކުވާ ހުށައެޅުމަށް  ހަފުތާއެއްގެ މުއްދަތު ލިބޭނެ ކަމަށެވެ. ޝަކުވާ ހުށަހަޅަން ބޭނުން ކުރާނެ އީމެއިލް އެޑްރެހެއް ވެސް މާދަމާ އިއުލާނުކުރާނެ ކަމަށެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާތީ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިއުލާން ކުރި 500 ފުރުސަތަށްވުރެ ގިނަ ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.