ދަށު ކޯޓްތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ލާނެ ގައުންގެ ނަމޫނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށް އާންމު ކުރަން ޖެހެ އެވެ.
އެ ގޮތަށް ހަމަޖައްސާ "ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގަ އި ހެދުން އެޅުމުގެ އުސޫލު" ވަނީ އާންމު ކޮށްފަ އެވެ. އުސޫލުގައި ވާ ގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރީއަތުގެ މަޖިލީހުގެ ޑްރެސް ކޯޑަކީ ގައުން އެވެ.
އެ އުސޫލުގައި ވާ ގޮތުން ދަށު ކޯޓްތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ލާނެ ގައުންގެ ނަމޫނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށް އާންމު ކުރަން ޖެހެ އެވެ. އަދި އޮކްޓޫބަރު 1، 2024 ވަނަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީސްތައް ކުރިއަށް ގެންދާއިރު ތިބެން ޖެހޭނީ ގައުން ލައިގެން ކަމަށް ވަނީ ބުނެފަ އެވެ.
އަދި އުސޫލަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ގައުން ފޯރުކޮށްދޭން ޖެހެ އެވެ.