ދިވެހި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓުގެ މެންބަރުކަން ލިބިއްޖެ

އެގްމޮންޓު ގްރޫޕަކީ މާލީ ކުށްތަކާބެހޭ މައުލޫމާތު، ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެގްމޮންޓްގެ ހެޑް އޮފީސް؛ އެ ޖަމިއްޔާއިން މަސައްކަތްކުރަނީ މާލީ ކުއްތަކުން ގައުމުތައް ރައްކާތެރިކުރުމަށް

މާލީ ކުށްތަކާ ބެހޭ މައުލޫމާތު ދޭދޭ ގައުމުތަކުގެ މެދުގައި ބަދަލުކުރެވޭނެ ނެޓްވޯކެއް ގާއިމްކުރުމަށް މަސައްކަތްކުރާ އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް (އެގްމޮންޓް ގްރޫޕް)ގެ މެންބަރުކަން ދިވެހި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ދީފި އެވެ.

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓުގެ މެންބަރުކަން ދީފައި ވަނީ މިމަހުގެ ދެއަކުން ފަށައިގެން ފްރާންސްގައި ކުރިއަށްދާ އެގްރޫޕުގެ 30 ވަނަ އަހަރީ ބައްދަލުވުމުގަ އެވެ.  

އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. 

މިކަން ފާހަގަކޮށް މިއަދު މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެގްމޮންޓުގެ މެންބަރަކަށް ވުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އެގްމޮންޓްގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންދާނެއެވެ.

އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެމްއެމްއޭ އާއި ދިވެހި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް އެ އޮތޯރިޓީއިން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.