މަންމައާއި ދަރިފުޅު އެކީގައި މަޖިލީސް ބަލާލެވޭ ގޮތް ހަދާނަން: އަބްދުއްރަހީމް

އޭގެ އިތުރުން ކަންކަން ފުނިޖެހުނަ ނުދީ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، އުފެއްދުންތެރި މަޖިލީހެއް ގާއިމްކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ މައިންނާއި ދަރިން އެކީގައި ބަލާލެވޭނެ ޖަލްސާތަކަކަށް ހައްދަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ޓީވީއެމްގެ "ހޭޔަމްބޯ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހާ މެދު ތަސައްވުރުތަކެއް ގެންގުޅުއްވާ ކަމަށާއި، އޭގެ ތެރެއިން މުހިންމު އެއް ކަމަކީ މަޖިލީހަކީ ގޭގޭގެ ސިޓިންރޫމު ތަކުގައި ބަލާލެވޭ ޖަލްސާތަކަކަށް ހެއްދެވުން ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހަކީ އިރާދަކުރެއްވިއްޔާ މަންމައާ ދަރިފުޅާ އެކީގައި ސިޓިން ރޫމުގައި ބަލާލެވޭ ގޮތް ހަދާނަން." އަބްދުއްރަހީމް ވިދާޅުވި އެވެ. 

މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ބަސްމަގާއި، އަމަލުތައް ހުންނަ ގޮތުން އެ ޖަލްސާތަކަކީ ކޮންމެ އުމުރެއްގެ މީހަކަށް ބެލޭނެ ޖަލްސާއަކަށް ނުވުން އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގެ ޖަލްސާތަކުގައި މިފަދަ ކަންކަން ތަކުރާރުވާން ފެށުމުން ބައެއް ޗެނަލްތަކުން ޖަލްސާ ވަގުތުން ގެނެސްދިނުން ވެސް ހުއްޓާލި އެވެ.  

އަބްދުއްރަހީމް ފާހަގަކުރެއްވި އެހެން ކަންކަމުގެ ތެރޭގައި، އިދިކޮޅުން ހުށަހެޅިކަމުގައި ވިޔަސް ރައްޔިތުންނާ ގުޅުންހުރި ކޮންމެ މައްސަލައެއް ބަލައިގަނެ އެކަމާ ވާހަކަދައްކައި ބަހުސް ކުރެވޭނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

"އެހެން ނަމަވެސް މަޖިލީހަށް ޖެންސުންކޮށް، މަސައްކަތް ހުއްޓުވަން ކޮންމެ ދުވަހަކު އެކަން ކުރަންޏާ ވިސްނަން ޖެހޭނެ އަޅުގަނޑުމެން ވެސް" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ކަންކަން ފުނިޖެހުނަ ނުދީ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، އުފެއްދުންތެރި މަޖިލީހެއް ގާއިމްކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.