މިޔަންމާ ސިފައިން މިދިޔަ ހަފުތާގައި ރާހިން ސްޓޭޓްގެ އަވަށަކަށް ދިން ހަމަލާއެއްގައި 50 މީހުން މަރުވެފައިވާ ކަމަށް ވެއެވެ.
މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައިވާ މިޔަންމާގެ ރާހިން ސްޓޭޓްގެ އަވަށެއްގައި އެ ގައުމުގެ ސިފައިން ދެ ދުވަސް ވަންދެން ލާއިންސާނީ އަމަލުތައް ހިނގާ އެ އަވަށުގައި ދިރިއުޅޭ ގިނަބަޔަކަށް ވަނީ ބޮޑެތި އަނިޔާ ދީފަ އެވެ. އަވަށުގެ ގިނަ ފިރިހެނުން ކަނު ބަނދެ، ގަޔަށް ޕެޓްރޯލު އަޅައި އަމިއްލަ ކުޑަކަމުދާ އެއްޗެހި ބުއިމަށް މަޖުބޫރު ކުރިކަމަށް އެމީހުން ބުނެއެވެ.
މިޔަންމާ ސިފައިން އެ އަވަށުގައި މި އަނިޔާވެރި އަމަލުތައް ހިންގާފައި މިވަނީ މިޔަންމާގައި އެންމެ ވަރުގަދަ ނަސްލީ ހަނގުރާމަވެރި ބާރަކަށް ވެފައިވާ އަރަކާން އާމީ (އޭއޭ) ގެ ސަޕޯޓަރުން ހޯދުމަށް ކަމަށް ބުނެއެވެ.
މަގާމުން ދުރުކުރި މަދަނީ ސަރުކާރު ތަމްސީލުކުރާ ނޭޝަނަލް ޔުނިޓީ ގަވަމެންޓް (އެންޔޫޖީ) އިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 15 އަހަރާއި 70 އަހަރާ ދެމެދުގެ 50 މީހަކަށް "ރަހުމް ކުޑަ އަނިޔާކޮށް މަރާލާފައިވާ" ކަމަށެވެ. އޭއޭ އިން ލަފާ ކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު 70 އަށް ވުރެ ގިނަ އެވެ.
މިޔަންމާގެ ތިން އަހަރުވީ ދާހިލީ ހަނގުރާމައިގައި ހިންގި އެންމެ ނުރައްކާތެރި އެއް ޖަރީމާގެ ހަބަރުތައްބވެރިކަން ކުރާ އަސްކަރީ ކައުންސިލުން ވަނީ ދޮގުކޮށް ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
"އޭއޭ މީހުން މި އަވަށުގައި އުޅޭތޯ އެ މީހުން ފިރިހެނުންނާ ސުވާލު ކުރި،" އަންހެނަކު ބީބީސީއަށް ކިޔައި ދިނެވެ. އެމީހުން ކޮންމެ ޖަވާބެއް ދިނަސް، ސިފައިން އެމީހުނަށް އަނިޔާ ކުރިކަމަށް ވެސް އޭނާ ބުންޏެވެ.
ހަ މަސް ދުވަހުގެ ތެރޭގައި އޭއޭ އިން ވަނީ ރާހިން ސްޓޭޓްގެ ބޮޑު ބަޔަކުން އަސްކަރިއްޔާ ފަހަތަށް ޖެހެން މަޖުބޫރު ކޮށްފަ އެވެ. މިދިޔަ އަހަރު އަސްކަރިއްޔާއާ ހަނގުރާމަ ހުއްޓާލުމަށް ފަހު، އެ ގައުމުގެ އެހެން ސަރަހައްދުތަކުގައި ތިބި ނަސްލީ ހަނގުރާމަވެރިންނާއެކު ގުޅިގެން ހިންގި އޮޕަރޭޝަތަކުގައި އޭއޭއިން ވަނީ ބައިވެރިވެފަ އެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި އެ އަންހނަކު ބުނީ އަސްކަރީ ވެހިކަލެއްގައި ފިރިމީހާ ގޮވައިގެން ދާތަން އަމިއްލަ ލޮލަށް ފެނު ކަމަށާއި އަދި އޭނާގެ ދަރިފުޅުވެސް އޭނާއާ ވަކިކޮށް ގެންގޮސްފައިވާ ކަމަށެވެ.
"މިހާރު ނޭނގެ ދަރިފުޅާއި ފިރިމީހާ ދިރިހުރި ކަމެއް ނުވަތަ މަރުވެފައިވާ ކަމެއް،"
މީޑިއާއަށް މައުލޫމާތު ދެމުން އެ މީހުން ބުނީ ހާހެއްްހާ ގޭބިސީ ހިމެނޭ އެ އަވަށުގައި އެންމެން ދެ ދުވަސް ވަންދެން، މަގުތަކަށް ނެރެ އިރުގެ އަވީގައި ބައިތިއްބާ ކައިބޮއެ ހެދުމަށް ދަތިކޮށް އެތައް ބަޔަކު ބަނދެ، އެތައް ކަނު ބަނދެ ބައެއް މީހުން ޓްރަކްތަކުގައި ގެންދިޔައީ އިތުރަށް ސުވާލު ކުރުމަށް ކަމަށް ބުނެ ކަމަށެވެ. އެއިން ގިނަ ބަޔަކު އެނބުރި ނާންނަ ކަމަށެވެ.
ބައެއް މީހުން ބުނީ ވަރަށް ގިނައިން ބަޑީގެ އަޑު އިވުނު ކަމަށާއި ނަމަވެސް ބަޑި ޖެހީ ކާކު ގަޔަށްކަން ނޭނގޭ ކަމަށެވެ.
"ބަލާކަށް ހިތްވަރެއް ނުލިބުނު، ކައިރީގައި ހުރި މީހަކަށް އެމީހުން ގޮވާލުމަށް ފަހު ދެން އިވުނީ ބަޑީގެ އަޑު"
ސަލާމަތްވި މީހުން ބުނާ ގޮތުގައި ހަށިތައް ވަޅުލުމަށް ސިފައިން ދެން ތިބި މީހުނަށް އެންގި އެވެ. ގިނަ ސިފައިން ތިބީ މަސްތުގެ ހާލަތަގަ އެވެ.
އެ ސްޓޭޓްގެ ވެރިރަށް ސިޓްވޭގެ ބޭރުގައި އޮންނަ ބިޔައީ ފީއު އަވަށަށް މިދިޔަ ބުދަ ދުވަހު 100 އަށް ވުރެ ގިނަ ސިފައިން ވަދެ ބަލައި ފާސް ކޮށްފައި ވެއެވެ.
އެ ގައުމުގެ ސިފައިން އޭއޭއަށް ތާއީދު ކުރާކަން އަންގައިދޭ ޓެޓޫތައް ޖަހާފައިވާ ފިރިހެނުންގެ ޓެޓޫ ޖަހާފައިވާ ހަންގަނޑު ކަނޑާލައި، އެތަނަށް ޕެޓްރޯލް އެޅުމަށް ފަހު އަލިފާން ރޯކޮށް ހެދި ކަމަށް ވެސް މަންޒަރުދުއް މީހުން ބުނެފައި ވެއެވެ. އެމީހުން ބުނި ގޮތުގައި ސިފައިން ވަނީ ގެތަކުން ރަނާއި ގަހަނާ ނުވަތަ ސޯލާ ޕެނަލް ފަދަ އަގު ބޮޑު އެއްޗެހި ފޭރިގަނެފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަސްކަރިއްޔާއިން ބަޔާއީ ފީއު ކޮންޓްރޯލް ކުރެ އެވެ. އެއްވެސް މީހަކަށް އެނބުރި އަވަށަށް ދިއުމަށް ފުރުސަތެއް ނުދެ އެވެ. ރަށުގެ ބޮޑު ބައެއް ވަނީ އަނދައިފަ އެވެ.
ބަޔާއީ ފީއުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް އެންޔޫޖީން ވަނީ ވައުދުވެފަ އެވެ. އޭއޭ އިން ވަނީ ސިފައިން ނަކީ "ނުބައި އަނިޔާވެރިން" ކަމުގެ ތުހުމަތު ކޮށް، ސިފައިން ބަޔާއީ ފީއުގައި ތިބި ބައެއް އަންހެނުން ގޭންގް ރޭޕް ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
އަނިޔާގެ ހުރިހާ ތުހުމަތެއް އަސްކަރިއްޔާއިން ދޮގުކޮށް ބުނީ އެ މީހުން އެ ރަށުގައި ހިންގަނީ ހަމައެކަނި "ސުލްހަ އާއި ރައްކާތެރިކަމުގެ" އަމަލުތައް ކަމަށާއި ބަލައި ފާސް ކުރަން ޖެހުނީ އެތަނުން ހަނގުރާމަވެރިން ބޭނުންކުރާ ވެލި ބަސްތާތައް ފެނުމުން ކަމަށެވެ. އަދި އަރްކާން ހަނގުރާމަވެރިން ސިޓްވޭގެ އެ ސަރަހައްދުން ޑްރޯން ހަމަލާތައް ދެމުން އަންނަ ކަމަށް ތުހުމަތު ކުރެ އެވެ.
ރާހިން ސްޓޭޓަކީ އެކަހެރި ވަކިން އޮންނަ ތަނަކަށް ވެފައި، ހަމަނުޖެހުންތަކުގެ ވަރުގަދަ ކަމުން، ބަޔާއީ ފީއުގައި ހިނގި ކަންކަމުގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންދެވޭނެ ކަމާއިމެދު އެއްވެސް އުންމީދެއް ނެތްކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.
އަރަކާން އާމީއަކީ ރާހިން ސްޓޭޓްގައި ދިރިއުޅޭ ނަސްލީ ހަތިޔާރު އެޅި ޖަމާއަތަކަށް ވާއިރު، އެ ޖަމާއަތުގައި ގާތްގަނޑަކަށް 30،000 ސިފައިން ތިބި ކަމަށް ބެލެވެ އެވެ. ޔުނައިޓެޑް ލީގް އޮފް އަރަކާންގެ ހަތިޔާރު އެޅި ގޮފި، އެ ސްޓޭޓްގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓް ރާހީން ތަމްސީލުކުރާ އެ ޖަމާއަތުން ބޭނުން ވަނީ އެ ސްޓޭޓްގެ ކުރީގެ ނަން ކަމަށްވާ އަރަކާންގެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އަސްކަރިއްޔާއާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
މިޔަންމާގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އިންސާނީ ކާރިސާ ތަކުގެ ރިޕޯޓްތައް އިތުރުވެފައި މިވަނީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަޣާވާތަކުން ވެރިކަން އަތުލައި، އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލުމާ ހަމައިން މިޔަންމާގައި ހަމަނުޖެހުން ތައް ވަނީ ބޮޑުވުމުންނެވެ. ބަޣާވާތުގެ ސަބަބުން ބޮޑެތި މުޒާހަރާތަކާއި، ރެސިސްޓެންސް ހަރަކާތެއް އުފެދި، އެގައުމުގެ އެކި ކަންކޮޅުތަކުގައި އަސްކަރިއްޔާއާއި އިދިކޮޅު ޖަމާއަތްތަކާ ދެމެދު ކުރިމަތިލުންތައް ދޭތެރެއަކުން ހިނގަމުން ދެއެވެ. މިޔަންމާގައި އާންމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށާއި ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް އދއިން ދަނީ ގޮވާލަމުންނެވެ.