ޒަކާތު ހައުސްއިން އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފި

ފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އެހީ 180 މީހަކަށް ދޫކޮށްފައިވެ އެވެ.

ޒަކާތް ބަލައިގަންނަނީ: ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 1.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ސަރުކާރުން އުފެއްދި ރާއްޖޭގެ ޒަކާތު ހައުސް އިން މިދިޔަ މަހު އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ހަރުކޮށްފި އެވެ.

ޒަކާތު ހައުސް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ގައި ހިމަނާފައިވާ އިސްލާމީ ޝަރީއަތުގެ އަލީގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމު ކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ޒަކާތް ނެގުމާއި ބެހުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން އުފެއްދި މުއައްސަސާ އެކެވެ.

ޒަކާތު ހައުސް އިން މިއަދު ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އެހީ 180 މީހަކަށް ދޫކޮށްފައިވެ އެވެ.

  • ކެންސަރު ބަލީގެ ފަރުވާ - 454،574 ރުފިޔާ ހަރަދުކޮށްފައިވޭ
  • ކިޑްނީ ޓްރާންސްޕްލާންޓް - 89،050 ރުފިޔާ ހަރަދުކޮށްފައިވޭ
  • ހިތުގެ އޮޕަރޭޝަން - 67،848 ރުފިޔާ ހަރަދުކޮށްފައިވޭ
  • ސިކުނޑީގެ އޮޕަރޭޝަން - 72،088 ރުފިޔާ ހަރަދުކޮށްފައިވޭ
  • އެހެނިހެން ފަރުވާ - 619،113 ރުފިޔާ ހަރަދުކޮށްފައިވޭ

ޒަކާތު ހައުސް އިން ކޮށްފައިވާ އެހެނިހެން ހަރަދު ތަކުގެ ތެރޭގައި، މުވައްޒަފުންގެ އުޖޫރަ ދިނުމަށް 26 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މިދިޔަ މަހު ފިރުތު ޒަކާތަށް 41،937.71 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.