"ފަސް މިލިއަން ގަސް" ޕްރޮގްރާމު؛ ސްޓެލްކޯ އިން 500،000 ގަސް އިންދަނީ

އިޖްތިމާއީ ހިދުމަތްތަކުގައި ބައިވެރިވެ ނަމޫނާ ދައްކަމުންދާ ސްޓެލްކޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު އެ ކުންފުނިން މަދުވެގެން 500،000 ގަސް އިންދާނެ އެވެ.

"ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ސްޓެލްކޯ އިން ވަނީ ބައިވެރިވެފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވެވި "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވެ ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް އަމާޒު ހިފައިފި އެވެ.

ތިމާވެށީގެ މި ބިޔަ ޕްރޮގްރާމް މިއަދު ފެށީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެނެވެ. މި ޕްރޮގްރާމަކީ ކޮންގްރެސް ޕާޓީގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ.

"ފަސް މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމް މާލޭގެ ލޮނުޒިޔާރަތް ޕާކްގައި މިއަދު ހެނދުނު ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އިޖްތިމާއީ ހިދުމަތްތަކުގައި ބައިވެރިވެ ނަމޫނާ ދައްކަމުންދާ ސްޓެލްކޯ އިން ވަނީ "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވެ އެންވައިމަންޓް މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އަދި އެ މަަސައްކަތު ގައި ބައިވެރިވެ ސްޓެލްކޯ އިން ވަނީ ގަސް އިންދުން ފެށުމުގެ ގޮތުން ހާއްސަ ހަރަކާތެއް މިއަދު ބާއްވާފަ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު އެ ކުންފުނިން މަދުވެގެން 500،000 ގަސް އިންދާނެ އެވެ.

"ފަސް މިލިއަން ގަސް" ޕްރޮގްރާމަކީ ދަރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ފަށާ މަސައްކަތެކެވެ. މިއަދު އެ ޕްރޮގްރާމް ފެށީ އިރު ރައީސް މުއިއްޒު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހު ކޮށްދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.